މަޑިވަރު އެއަޕޯރޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނުން ވެފައިވާ އެއްބަސްވުން ހަމަވަނީ
މަޑިވަރު އެއަޕޯރޓް

މަޑިވަރު އެއަޕޯރޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނުން ވެފައިވާ އެއްބަސްވުން ހަމަވަނީ

18 days ago - 12:30
Advertisement

ޅ.މަޑިވަރު އެއަޕޯރޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނުން ވެފައިވާ އެއްބަސްވުން އޮކްޓޯބަރު މަހު ހަމަވުމުން އަމަލުކުރާނެ ގޮތެއްގެ މަޝްވަރާތައް ފަށައިފިއެވެ.

މަޑިވަރު އެއަޕޯޓަކީ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްޤީ ކުރި އެއަޕޯޓެކެވެ. އެއަޕޯރޓް އައިލެންޑް އޭވިއޭޝަނުން ހިންގަކީ އެކުންފުންޏާއެކު އޮތް އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާނުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޮޕަރޭޝަންތައް ހުއްޓާ ނުލާ އަދި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މަޑިވަރު އެއަޕޯރޓްގައި 22 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެމުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.

މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދިނުމާއެކު އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން ވަނީ ދީފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement