ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުންމި އެޖެންޑާއަކީ ވަރަށް މުހިންމު އެޖެންޑާއެއް:ހަލީލު

ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުންމި އެޖެންޑާއަކީ ވަރަށް މުހިންމު އެޖެންޑާއެއް:ހަލީލު

ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުންމި އެޖެންޑާއަކީ ވަރަށް މުހިންމު އެޖެންޑާއެއް ކަމަށް ހަލީލު ވިދާޅުވި

6 months ago - 14:01
Jan 17, 2024 - 14:10

ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ބޭނުންފުޅުވާ ކަމެށް ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ އުޞޫލުއިފުތިތާޙުކުރުމަށްޓަކައި މިއަދު ހެނދުނު ސިއްޙީ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހަލީލް ވިދާޅުވީ މިހާރު ހިދުމަތަށް ނިކުތުމަށް ބޭނުންވާ މީހުން ތިބި ކަމަށާއި އެފަދަ މީހުންނާއި މުއާމަލާތް ކުރެވިފައިވާ ކަމަށެވެ.

"ރައީސް އަބަދުވެސް ބޭނުންފުޅުވަނީ މިކަހަލަ ކަމެއްގެ ތެރެއިން އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުން، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން، މި ފަރާތްތަކުގެ (ހިދުމަތަށް ނިކުންނަން ބޭނުންވާ މީހުންގެ) ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުން. އަޅުގަނޑުމެންނަށް އެނގޭ ވަގުތު ގިނަވުމުން މުޖުތަމައުގައި ދިމާވާ މައްސަލަތައް ގިނަކަން، މި އެޖެންޑާއަކީ ވަރަށް މުހިންމު އެޖެންޑާއެއް" ހަލީލު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް މިފަދަ އުސޫލެއް ތައާރަފުކޮށްފައިވާއިރު މިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް ތައުލީމީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުގައި ވެސް މިފަދަ ސިޔާސަތުތައް ތަންފީޒު ކުރެވިދާނެ ކަމަށް ފެންނާތީ އެކަންކަމަށް މަސައްކަތް ކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow