ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވި

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

8 months ago - 15:36
Aug 17, 2025 - 15:36
Advertisement
Advertisement

ފުލުހުންގެ ބަންދުގައި ހުރި މީހަކު ރޭ ފަތިހު މަރުވެއްޖެއެވެ. މަރުވީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް (48އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ މަރުވީ ރޭ ފަތިހު 05:50 އެހައިކަންހާއިރު އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައެވެ. ފުލުހުން ވިދާޅުވީ އޭނާ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު އަފްރާޙް ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement