އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ-އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި

16 hours ago - 07:39
Aug 7, 2025 - 07:45

އިދިކޮޅު އެމްޑީޕީގެ އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފިއެވެ. ކޮންގްރެސް ފާސްކުރީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބާއްވާގޮތަށެވެ.

ކޮންގްރެސް ފަސްކުރީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ހުށަހެޅުއްވުމަކަށެވެ. އެހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ތުޅާދޫ ދާއިރާގެ ރައީސް އަބްދުالله ސިރާޖުއެވެ. ނަމަވެސް ގައުމީ މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ރޫހުވެސް ހުރީ ކޮންގްރެސް ފަސްކުރުމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތުމުން އެކަމަށް އިސްކަން ދިނުމަށެވެ.

ކޮންގްރެސް ފަސްކޮށްފައި މިވަނީ މިމަހު 15 ގައި ކޮންގްރެސް ބާއްވަން އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފައި ވަނިކޮށެވެ. ކޮންގްރެސް ބާއްވަން މިހާރު ފާސްކޮށްފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގައި ބާއްވާ ގޮތަށެވެ. ނަމަވެސް އޭގެކުރިން ކޮމިޓީއެއް ނަގާ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްގެންދަންވެސް ވަނީ ނިންމާފައެވެ.

ކޮންގްރެސް ފަސްކުރަން ފާސްކުރީ ގައުމީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއީދާއެކުއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow