މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިޔާއަށް ފޮނުވައިފި
މާވަށުގައި މަރާލި މޫސަ

މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިޔާއަށް ފޮނުވައިފި

8 months ago - 09:51
Aug 7, 2025 - 09:52
Advertisement
Advertisement

މާވަށުގައި މަރާލި މޫސަގެ އޮޓޮޕްސީ ހަދަން އިންޑިޔާއަށް ފޮނުވައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިޔާއަށް ފޮނުވީ އިއްޔެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ވަޅިއަކުން ހަމަލާދީ މާވަށުގައި މަރާލި އެރަށު މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީ ތަހުގީގުގެ ބޭނުމަށް އިތުރު ތަހުލީލްތައް ހެދުމަށް ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

29 އަހަރުގެ މޫސާ އިބްރާހީމް މަރާލުމުގެ ތުހުމަތުގައި ފުލުހުން ވަނީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް 29 އަހަރުގެ މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައެވެ. އަދި ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ވަނީ މޫދުން ހޯދާފައެވެ.

މޫސާ އިބްރާހީމްއަށް ހަމަލާ ދިނީ ދެމީހުންގެ މެދުގައިނހިނގި މާރާމާރީއެއްގެ ތެރެއިންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މައްސަލަ އުފެދިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތެރެއިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement