ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، ދެ މީހަކަށް ފަރުވާދޭން ޖެހިއްޖެ
ކަނޑުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ / ފޮޓޯ:އެމްއެންޑީއެފް

ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، ދެ މީހަކަށް ފަރުވާދޭން ޖެހިއްޖެ

8 months ago - 11:00
Aug 7, 2025 - 11:11
Advertisement
Advertisement

މިއަދު ހެނދުނު ހދ. ކުމުންދޫ ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އަނިޔާވި ދެމީހަކަށް ފަރުވާ ދިނުމަށް ކުޅުދުއްފުށްޓަށް ގެންދަން ޖެހިއްޖެއެވެ.

 ލޯންޗު ބަންޑުން ޖަހާލުމާއެކު އެންމެން ކަނޑުވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދުގެ 08.45 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މަޢުލޫމާތު އެމްއެންޑީއެފަށް ލިބުމުން، އެ ސަރަހައްދަށް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު ފޮނުވައި، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފައިވާކަމަށާއި، އަދި ސަލާމަތްކުރެވުނު މީހުންގެ ތެރެއިން ހާލު ދެރަވެފައިވާ ދެ މީހަކު ވަނީ އެމްއެންޑީއެފްގެ ހާބަރކްރާފްޓުގައި ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

ހާލު ދެރަވެފައިވާ ދެ މީހުންނަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދ މި ލޯންޗުން ކަނޑުވި އަނެއް ދެ މީހުން، ލޯންޗުގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement