އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީނު ހޯދުމަށް ރާއްޖެއިން ބޭރަށް ފުރަނީ

އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީނު ހޯދުމަށް ރާއްޖެއިން ބޭރަށް ފުރަނީ

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން 20 މީހުން ރާއްޖެއިން ބޭރަށް ފުރަނީ

5 months ago - 11:58
Feb 13, 2024 - 12:15
Advertisement

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން 20 މީހުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރަތަމަ ބުރު މި މަހު 16 ގައި މައްކާއަށް ފުރާނެކަމަށެވެ.

Advertisement

އަދި މިއަހަރުގެ ތެރޭ ސަޢުދީ ޢަރަބިއްޔާއަށް އިމާމުންގެ އިތުރު ގުރޫޕެއް ތަމްރީންވުމަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

ދެވަނަ ބުރު ޝައްވާލު މަހުގައި ފުރާނެކަމަށާއި، އެ ބުރުގައި ދާ މީހުންގެ އަދަދު އިތުރުވާނެކަމަށް  ޝަހީމް  ވިދާޅުވިއެވެ.

"ސަޢުދީ ޢަރަބިއްޔާގެ އެކި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ތަޢުލީމީ ތަރުބަވީ އަދި އިމާމުންނާ ގުޅޭ ޚާއްސަ މަޢުލޫތަކަށް ތަމްރީން ދެވޭ ޕްރޮގްރާމްތަކެއް މިއީ. މިއިން އިމާމުންނާއި ޚަތީބުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާއާއި މިޞްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް  ޝަހީމް ވިދާޅުވިއެވެ.

އަދި ރަމަޟާންމަހުގެ ފަހުން އެކި ބުރުތަކަށް ބަހާލައިގެން އިމާމުންނާއި ޚަތީބުން ފޮނުވަމުން ގެންދާނެކަން ޝަހީމް  ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement