ގަރލްސް އިން ސައިންސް އެސެމްބްލީ ނިންމުމުގެ ރަސްމިއްޔާތައް ސާޖިދާގެ ވިޑިއޯ މެސެޖެއް

ގަރލްސް އިން ސައިންސް އެސެމްބްލީ ނިންމުމުގެ ރަސްމިއްޔާތައް ސާޖިދާގެ ވިޑިއޯ މެސެޖެއް

ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ'ގެ ބައްދަލުވުމުގައި ސާޖިދާ ވީޑިއޯ މެސެޖެއް ދެއްވައިފި

5 months ago - 23:45
Feb 13, 2024 - 12:15
Advertisement

ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ'ގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވީޑިއޯ މެސެޖެއް ދެއްވައިފިއެވެ.

ވީޑިއޯގެ ޒަރީއާއިން އެކަމަނާ މި މެސެޖު ދެއްވީ ނުވަ ވަނަ 'އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ' ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

Advertisement

މި ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކުގައި އ.ދ. ގެ މައި މަރުކަޒުގައި ފެބުރުވަރީ 8-9 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަމުގައި ވިދާޅުވިއެވެ.

Advertisement

 އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން، ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރުން  ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. 

މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement