މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ- ޒަމީރު
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފޮޓޯ-ރައީސް އޮފީސް

މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ- ޒަމީރު

3 days ago - 17:27
Oct 19, 2024 - 17:28
Advertisement

މިއަހަރުވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޕްލިމެންޓްރީ ބަޖެޓަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ "ސަޕްލިމެންޓްރީ ބަޖެޓެއް މިއަހަރުވެސް ހުށަހަޅަން ޖެހޭ" ކަމަށެވެ. އެމަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާނީ ކެބިނެޓްގައިވެސް މަޝްވަރާކޮށް, މިދިޔަ ސަރުކާރުން ޚަރަދު ކުރުމުގައި ހަދާފައިވާ ގޮސްތައް ބަލާ އޮޑިޓަރ ޖެނެރަލްގެ ރިޕޯރޓްވެސް ލިބުމުން ކަމަށެވެ. އަދި ބަޖެޓް އެކުލަވާލާ ހުށަހެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާވެސް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް މިއަހަރުވެސް ހުށަހަޅަން ޖެހޭތީ އެމަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ސަޕްލިމެންޓް ކުރަން ހުށަހަޅާނެ އަދަދެއް ވިދާޅުނުވި ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މިދިޔަ ތިން އަހަރުވެސް އޭރުގެ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement