ޕީ.ސީ.ބީގެ ރައީސްގެ މަޤާމަށް މުޙައްމަދު ނިޒާރު ޢައްޔަނުކޮށްފި

ޕީ.ސީ.ބީގެ ރައީސްގެ މަޤާމަށް މުޙައްމަދު ނިޒާރު ޢައްޔަނުކޮށްފި

1 hour ago - 20:27
Advertisement
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސްގެ މަޤާމަށް މުޙައްމަދު ނިޒާރު މިއަދު ޢައްޔަނުކުރައްވައިފިއެވެ.


މި މަޤާމަށް ނިޒާރު ޢައްޔަންކުރައްވާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ކުރިން 2014 އިން 2019 އަށް ވެސް ނިޒާރު ވަނީ ޕީ.ސީ.ބީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމާއި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.


ނިޒާރުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައި.ޓީ، އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން، މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.


ތަޢުލީމީ ގޮތުން ބަލާއިރު، މުޙައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނުތަކެއްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.


ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއްގެ ގޮތުގައި ފާހަގަކުރެވޭ ނިޒާރު ޕީ.ސީ.ބީގެ ރައީސްކަމަށް ޢައްޔަނުކުރެއްވުމަކީ، ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement