ރާއްޖޭގެ ފުރަތަމަ އޯޓިޒަމް އަދި އޭޑީއެޗްޑީ ސްޕެޝަލިސްޓް ޑރ. ފަޒުނާ ނިޔާވެއްޖެ

ރާއްޖޭގެ ފުރަތަމަ އޯޓިޒަމް އަދި އޭޑީއެޗްޑީ ސްޕެޝަލިސްޓް ޑރ. ފަޒުނާ ނިޔާވެއްޖެ

4 hours ago - 19:09
Advertisement
Advertisement

އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ނިއުރޯ-ޑިވެލޮޕްމަންޓަލް ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ މިރޭ ނިޔާވެއްޖެއެވެ.


ގދ. ގައްދޫ، ކަށިކެޔޮމާގެ، އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، އައިޖީއެމް ހޮސްޕިޓަލުގައެވެ. ޑރ. ފަޒުނާ އަކީ ރާއްޖޭގައި އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަ ދާއިރާއަކުން ތަޢުލީމު ހާސިލުކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ.


2024 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައި ޚިދުމަތް ކުރައްވަމުން ގެންދެވި ޑރ. ފަޒުނާއަކީ އެ ދާއިރާއިން ފަރުވާ ބޭނުންވެފައިވާ ގިނަ ކުދިންނާއި އާއިލާތަކަކަށް އުންމީދެއް ގެނެސްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާގައި، ވަކިން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ދިނުމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.


ޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން، އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.


މި ހިތާމަވެރި ވަގުތުގައި ސިއްޙީ ދާއިރާގެ ގިނަ ބަޔަކު ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. ޑރ. ފަޒުނާ ފަދަ ތަޖުރިބާކާރު އަދި ޚާއްސަ ދާއިރާއަކުން ރާއްޖެއަށް ބޭނުންވެފައިވާ ޑޮކްޓަރަކު ވަކިވެދިއުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހުސްކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement