އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި

އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި

1 hour ago - 20:18
Advertisement
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ އިސް މަގާމުން ލަމްއާން އިސްތިއުފާ ދެއްވިއިރު، އެނގިފައިވާ ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ ދައުލަތުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް އޭނާ އައްޔަން ކުރެއްވުމަށެވެ. މި ބަދަލާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.


ލަމްއާން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ. މުހައްމަދު ލަމްއާން އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާއަކީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހުގައެވެ. މި ބަދަލުތަކުގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ފަދަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement