އަނެއްކާވެސް ހުޅުމާލޭގައި އެކްސިޑެންޓެއް, އެކަކަށް ސީރިއަސް އަނިޔާތަކެއް
ސެންޓްރަލް ޕާކް ކައިރިީ ކުރިން އެކްސިޑެންޓް ހިނގި ސަރަހައްދު

އަނެއްކާވެސް ހުޅުމާލޭގައި އެކްސިޑެންޓެއް, އެކަކަށް ސީރިއަސް އަނިޔާތަކެއް

10 days ago - 10:01
Advertisement

ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވިތާ 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭގައި ދެވަނަ އެކްސިޑެންޓެއް ހިނގާ ޒުވާނަކި ސީރިއަސް ހާލަތަކަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:50 ހާއިރު އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި ކަމަށެވެ. ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައި މިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާ, އެކަންކަން އަވަހަށް ތަންފީޒުކުރަން ފަށަން އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ އަންގަވާފައި ވަނިކޮށެވެ. އޭގެތެރޭގައި ގާނޫނާއި ގަވާއިދުތަކުން އަދަބު ހަރުކަށި ކުރުންވެސް ހިމެނެއެވެ.

 

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement