ސްޕޯރޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކުޅިވަރަށް އަސަރުކޮށްގެން ނުވާނެ- ރޭސިންގ އެސޯސިއޭޝަން
ރޭސިންގ އިވެންޓެއްގެ ތެރެއިން: ފޮޓޯ-ރޭސިންގ އެސޯސިއޭޝަން

ސްޕޯރޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކުޅިވަރަށް އަސަރުކޮށްގެން ނުވާނެ- ރޭސިންގ އެސޯސިއޭޝަން

10 days ago - 11:24
Advertisement

 

ސްޕޯރޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކުޅިވަރަށް އަސަރުކޮށްގެން ނުވާނެ ކަމަށް ރޭސިންގ އެސޯސިއޭޝަނުން ބުނެފިއެވެ.

ރޭސިންގ އެސޯސިއޭޝަނުން އެކްސްގައި މިފަދަ ޕޯސްޓެއް ކުރީ މިދިޔަ ސަރުކާރުން ރޭސިންގ ކޮމިއުނިޓީއަށް ހުޅުމާލެއަށް ދިން ބިން އަނބުރާ ނަގަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވުމުން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ. އެފަދަ ނިންމެވުމެއް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ސްޕޯރޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލެއްގައި ދިޔަ ޒުވާނަކު ނިޔާވުމުންނެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ގުޅުން ހުރި އިދާރާތަކަށް ރައީސް އެންގެވީ ރޭގެ ވަގުތެއްގައެވެ. އޭގެތެރޭގައި ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކުރުން ހިމެނެއެވެ. އަދި ޤާނޫނާއި ގަވާއިދުތަކުގައި ހަރުކަށި އަދަބު ކަނޑައަޅާ ތަންފީޒުކުރުން ހިމެނެއެވެ.

ރޭސިންގ އެސޯސިއޭޝަނުން ބުނީ ސްޕޯރޓްސް ކާރަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ސަބަބުން އެތްލީޓުންގެ ކެރިއަރާއި މުސްތަޤްބަލަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އެސޯސިއޭޝަނުން ބުނީ އެކޮމިއުނިޓީގެ ކޮންމެ މީހަކު ޤާނޫނާ ގަވާއިދާ ހިލާފަށް ކުރާ ކޮންމެ ކަމެއް ބަލާ ޖަވާބުދާރީ ކުރުވާ ކަމަށެވެ. އަދި ޒިންމާދާރު ކަމާއެކު ދުއްވުމަށް ބާރު އަޅާ ކަމަށް ބުންޏެވެ.

Advertisement

އެއެސޯސިއޭޝަނުން ބުނީ 307 އެތްލީޓުން ބައިވެރިވަމުން އަންނަ އިވެންޓްތަކަކީވެސް ކޮންޓްރޯލް ކުރެވިފައިވާ އިވެންޓްތަކެއްގައި ކަމަށެވެ. އަދި އިވެންޓްތައް ބާއްވަނީ ހަރުކަށި އުސޫލުތަކެއްގެ ތެރެއިން ކަމަށް ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement