ރާއްޖެ-ސިންގަޕޫރު: މުހިއްމު އެއްބަސްވުންތަކުގައި ސޮއިކޮށްފި
ކެޕޭޜސިޓީ ބިލްޑިންގެ ދާއިރާއިން ސިންގަޕޫރާއެކު އެއްބަދސްވުމުގައި ސޮއިކުރެއްވުމަށްފަހު: ފޮޓޯ-ރައީސް އޮފީސް

ރާއްޖެ-ސިންގަޕޫރު: މުހިއްމު އެއްބަސްވުންތަކުގައި ސޮއިކޮށްފި

5 hours ago - 16:03
Jun 30, 2025 - 16:04
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުން މުހިއްމު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެގޮތުން މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ތިމާވެށީގެ ދާއިރާ އާއު މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއާއި ކެޕޭސިޓީ އިތުރު ކުރުމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހިމެނެއެވެ. އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއިކުރެއްވީ ކަމާގުޅުންހުރި ވަޒީރުން ކަމަށްވާ ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލާއި މަތީތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރާއި, ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމްއެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ސިންގަޕޫރުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ތިމާވެށީގެ ދާއިރާއިން ވަޒީރެވެ. މަތީ ތައުލީމްގެ ދާއިރާއިން އެޑިއުކޭޝަން ސަރވިސް ޗީފް އެގްޒެކްޓިވް ގޮ މޮންގް ސޮންގ އެވެ. ކެޕޭސިޓީގެ ދާއިރާއިން ސޮއިކުރެއްވީ އެގައުމުގެ ފޮރިންގ މިނިސްޓަރ ޑރ.ވިލިއަން ބަލަކްރިޝަނަން އެވެ. 

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement