
އަންނަ ހަފްތާގައި ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ- މިނިސްޓަރ
4000 ފްލެޓް ލިބޭ ފަރާތްތަކާއެކު އަންނަ ހަފްތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިއަދު އެޔަގީންކަން ދެއްވީ ފްލެޓްތައް ހަވާލުކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުންނެވެ.
ޓްވީޓަރގައި މެމްބަރު ހިއްސާކުރެއްވި ކުއްލި މައްސަލައިގެ ލިޔުން ރީޕޯސްޓް ކުރައްވާ ވަޒީރު އެދިވަޑައިގެންނެވީ ގެދޮރުވެރިޔާ ފަސަ ރައްޔިތުންނާ ސީދާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ދޮގު މައުލޫމާތު ނުފެތުރުމަށެވެ.
ވަޒީރު ވިދާޅުވީ ތަކުރާރުކޮށް ވިދާޅުވެފައިވާ ފަދައިން ފްލެޓްތައް އަދިވެސް މުޅިން ނުނިމޭ ކަމަށެވެ. ނިމެމުންދާ ވަރަކަށް ކުރިއަށް އޮތް ޖުލައި މަހުން ފެށިގެން ލިބޭ ފަރާތްތަކާއެކު ސޮއިކޮށް, ހަވާލުކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި, މިނިސްޓްރީން ކުރިއަށް އޮތް ހަފްތާގައި ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ ފްލެޓް ލިބޭ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓަށް ބަދަލުވެވޭނެ ކަމަށެވެ. ނިމެމުން ދާވަރަކަށް ހަވާލުކުރަމުން ދާނެ ކަމަށާއި, މިއީ އެއްފަހަރާ ކުރެވޭވަރު ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
4000 މީހުންގެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ސަބަބާކު ދަނީ އަންގަމުންނެވެ. އަންގަނީ ޕޯޓަލް މެދުވެރިކޮށެވެ. ޝަރުތު ހަމަވާ ފަރާތްތައް ޝަރުތު ހަމަވާކަންވެސް ޕޯޓަލްއިން އިނގެއެވެ.
ރިއެކްޝަންސް






