ވަޒީރުންނަށް ރުހުން ނުދިނުމުން މިއަދުގެ ޖަލްސާ ހުޓުވައިފި

ވަޒީރުންނަށް ރުހުން ނުދިނުމުން މިއަދުގެ ޖަލްސާ ހުޓުވައިފި

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމުން މިއަދުގެ ޖަލްސާ ހުޓުވައިފި

8 months ago - 17:16
Jan 28, 2024 - 17:55
Advertisement

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމުން މިއަދުގެ ޖަލްސާ ހުޓުވައިފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓުގެ ބައެއް މެންބަރުންނަށް ރުހުންނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ނިންމެވުމާއި ގުޅިގެންނެވެ.

މަޖިލީހުގައި މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މައްސަލަ ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާ ބަހުސްކުރުމަށް 30 މިނެޓު ވަގުތެއްވަނީ ދީފައެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެވޭނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް، ޖަލްސާއަށް ހުރަސްއަޅަާ ޖަލްސާކުރިއްށް ގެންދިއުން ހުއްޓުވާފައިއެވެ.

Advertisement

މަޖިލިސް ތެެރޭގައި މިއަދު ހަމަނުޖެހުން ހިނގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވުމާ އެކު އެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ވަޒީރުންނަށް ރުހުންދިނުމަށް ޖަލްސާ ބޭއްވޭގޮތްވަނީ ނުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement