ވަޒީރުންނަށް ރުހުން ނުދިންނުމަކީ ގައުމީ މައްސަލައެއް: ސިޔާމް

ވަޒީރުންނަށް ރުހުން ނުދިންނުމަކީ ގައުމީ މައްސަލައެއް: ސިޔާމް

ވަޒީރުންނަށް ރުހުން ނުދިންނުމަކީ، ޤައުމީ މައްސަލައެއް ކަމަށް ސިޔާމް ވިދާޅުވެއްޖެ

10 months ago - 17:28
Jan 28, 2024 - 18:12
Advertisement
Advertisement

ވަޒީރުންނަށް ރުހުން ނުދިންނުން، މިއީ ރައްޔިތުންނަށް އަދި ޤައުމަށް ކުރިމަތިކުރެވޭ މައްސަލައެއް ކަމަށް އެމްޑީއޭގެ ރައީސް އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން ނިންމައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮއްވައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އެހެންވެ، ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރަން ވަޒީރުންނަށް ރުހުންދޭންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މިއީ ރައްޔިތުންނަށް ކުރިމަތިކުރެވޭ މައްސަލައެއް، ގައުމަށް ކުރިމަތި ކުރެވޭ މައްސަލައެއް،" ސިޔާމް ވިދާޅުވިއެވެ.

Advertisement
Advertisement

ހަތަރު ބޭފުޅުންނަށް ރުހުންނުދޭން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

މިހާރު މަޖިލިސް ބެހިގެންވާ ގޮތުން އެމްޑީޕީ 43 މެންބަރުންއަދި ޑިމޮކްރެޓްސްގެ 13 މެންބަރުންވަނީ އެކުވެފައިއެވެ.

އެއީ، ޖުމުލަ 87 މެންބަރުންގެ ތެރެއިން 56 މެންބަރުންނެވެ. އެހެންވެ، އެ ދެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ރުހުންނުދޭން ނިންމި ވަޒީރުންނަށް ރުހުން ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement