ރައީސްގެ އިގްތިޞާދީ އިސްލާހީ އެޖެންޑާ: މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ހުށަހަޅުއްވަނީ
ރައީސް ވަނީ ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން%10 ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުޑަކުރުމަށް ނިންމަވާފަ
ރައީސުލްޖުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މުސާރައިން ދެބައިކުޅަ އެއްބައި ނަންގަވަން ހުށަހަޅަން ނިންމަވާފައިވާކަން އެމަނިކުފާނު ހާމަ ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގްތިޞާދީ ގޮތުން ދިމާވެފައިވާ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ގިނަ ފިޔަވަޅުތަކެއް މިއަދު ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންވެސް ހިމެނެއެވެ.
" 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމާފައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިގްތީސާދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެންމެ ބޮޑު މުސާރާއެއްގެ ގޮތުގައި ދެވޭނީ 90000 ރުފިޔާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިޞާސީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި ފިޔަވަޅުތަކުގެ ތެރޭގައި 12000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ ފަރާތްތައް ނުހިމެނޭނެ ކަމަށެވެ.
ރިއެކްޝަންސް