ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެއް
އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ސޮއިކުރަނީ: ފޮޓޯ-ގެދިރުވެރިކަމާބެހޭ ވުޒާރާ

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެއް

ދެން އޮތީ ޑީޓެއިލް ޑިޒައިން މަރުހަލާ

11 months ago - 16:25
Jun 4, 2025 - 16:26
Advertisement
Advertisement

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ހޮޕިސްޓަލް އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ފީސިބިލިޓީ މަރުހަލާ މިހާރު ވަނީ ނިންމާފައެވެ. އެމަރުހަލާއަށްފަހު މިއަދު ވަނީ ޑީޓެއިލް ޑިޒައިން މަރުހަލާ ފެށުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ސޮއިކުރައްވާފައެވެ. އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލަށް ދީފައިވާ ނަމަކީ "ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހި އިއުލާނުކުރެއްވި މަޝްރޫއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement