
ޔުއެފާއިން ޕެނަލްޓީގެ އާ ޤަވައިދެއް! 'އަލްވަރޭޒްގެ ޕެނަލްޓީ' ދެން ޤަބޫލްކުރާނެ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އެތްލެޓިކޯ މެޑްރިޑް މުބާރާތާ ވަކިވާން ދިމާވި 'އަލްވަރޭޒްގެ ޕެނަލްޓީ' އަށްފަހު ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔުއެފާ) އިން ޕެނަލްޓީގެ ޤާނޫނު އަލުން މާނަކޮށް, އޮޅުންފިލުވައިދީފިއެވެ. ހޫލިއަން އަލަވަރޭޒް 'ދެފަހަރު ބޯޅައިގައި ޖެހިކަަމަށް' ބަލާ އެނާގެ ޕެނަލްޓީ ބަލައިނުގަތުމުން އެތްލެޓިކޯ މެޑްރިޑް ވަނީ މުބާރާތާ ވަކިވާންޖެހިފައެވެ.
ޔުއެފާގެ އިން ޕެނަލްޓީގެ ޤަވާއިރު މިހާރު މާނަކޮށް, ބަދަލުކޮށްފައިވާގޮތަށް އަަމަލުކުރަންފަށާނީ މިއުނިކްގައި ބުދަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ޕޯޗްގަލް އާއި ޖަރުމަނު ބައްދަލުކުރާ މެޗުގައި ކަމުގައި ޔުއެފާއިން ވަނީ ބުނެފައެވެ.
ފީފާގެ އިންޓަނޭޝަނަލް ފުޓްބޯޅް އެސޯސިއޭޝަން ބޯޑު (އައިފަބް) އިން އެކުލަވާލާ އާންމުކޮށްފައިވާ ޤަވާއިދު ބުނާގޮތުން މާޗުމަހު ރެއާލް މެޑްރިޑާ ދެކޮޅަށް 'އަލްވަރޭޒް ޖެހި ކަހަލަ' ޕެނަލްޓީ މިހާރު ޖެހޭނެއެވެ. އޭރު އަލްވަރޭޒްގެ ޕެނަލްޓީ ބަލައިނުގަތުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު އެކިގޮތްގޮަށް ހިޔާލު ފާޅުކުރިއެެވެ.
އެ ޕެނަލްޓީގައި ފެންނަގޮތުން އަލްވަރޭޒްގެ ފައި ކުޑަކޮށް ކައްސާލާ ދެވަނަ ފަހަރަށް ބޯޅައިގަ ޖެހޭހެން ހީވެއެވެ. އެފަހަރު ވީޑީއޯ ރިވިއުކޮށް ފެނަލްޓީ ބަލައިނުގަންނަށް ނިންމުމުން އެތްލެޓިކޯ ކަޓާ ރެއާލް ވަނީ ގަދަ އަށަކަށް ދަތުރުކޮށްފައެވެ.
ގިނަ ބަހުސްތަކަަށްފަހު އެފަހަރު ގިނަބަޔަކު ބުރަވެފައިވަނީ އަލްވަރޭޒްގެ ޕެނަލްޓީގައި 'ދެފަހަރު ބޯޅައިގައި ޖެހުނުކަމަށް' ހީވި ނަމަވެސް ކުޅުންތެރިޔާ ގަސްތުގައި އެކަންކުރިކަމަށް ދޭހަ ނުވާކަމަށާއި, ފައި ކައްސާލައިގެން ދެފަހަރު ބޯޅައިގައި ޖެހުމުގެ ސަބަބުން އެގޮތަށް ނިންމި ނަމަވެސް އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމުގައެވެ.
"އެ ހާލަތަކީ ނާދިރު ހާލަތެއް. ލޯ 14 (ޕެނަލްޓީ ޤާނޫނު) ގައި އެކަން އެހާ ސީދާކޮށް ބަޔާންކޮށްފައެއް ނުވޭ. އެހެންކަމުން ރެފްރީގެ ނިންމުންވެސް ގޯހެކޭ ބުނެވޭކަށް ނެތް. އެއީ އެ ޤާނޫނުގައި އޮތީ 'ގަސްތުގައި' ކުޅުންތެރިޔާ ދެފަހަރު ބޯޅައިގައި ޖަހައިފިނަމަ އެކަން ޤަބޫލުނުކުރާ ގޮތަށް" އައިފަބްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ނިންމުމުގައި ވާގޮތުން ދެފަހަރު ބޯޅައިގައި ޖެހޭއިރު ގޯލް ނުޖެހުނު ކަމުގައި ވިއަސް އަލުން އެ ޕެނަލްޓީ ޖަހަން ފުރުޞަތު ނުދެވޭނެއެވެ. އަދި އެ ޕެނަލްޓީ ބަލާނީ ގެއްލުނު ފުރުޞަތެއްގެ ގޮތުގައެވެ.
އަންނަ މަހު 14 ގައި ފަށާ ކްލަބް ވޯލްޑްކަޕްގައި ވެސް އަމަލުކުރާނީ ޔުއެފާއިން ޕެނަލްޓީ ޤާނޫނު އަލުން މާނަކޮށްފައިވާ ގޮތަށެވެ. ކްލަބް ވޯލްޑްކަމުގައި ވާދަކުރާ 32 ކްލަބްގެ ތެރޭގައި އެތްލެޓިކޯ މެޑްރިޑްވެސް ހިމެނެއެވެ.
އައިފަބް އަކީ ފީފާވެސް ހިމެނޭހެން އިނގިރޭސި ވިލާތުގެ އިތުރު ހަތަރު ފެޑެރޭޝަނެއް އެކުވެގެން އުފައްދާގައިވާ ޖަމާއަތެކެވެ. ފުޓްބޯޅައިގެ ޤާނޫނުށް ބަދަލު ގެނެވޭނީ އޭގެތެރެއިން 8 ވޯޓްގެ ތެރެއިން 6 ވޯޓް ލިބިގެންނެވެ. އެއީ ފީފާއަށް ލިބިފައި އޮންނަ 4 ވޯޓިން ސްލޮޓާއެކު އިތުރު ހަތަރު ޖަމާއަތުންކުރެ ކޮންމެ ޖަމާއަތަަކަށް ލިބޭ އެއް ސްލޮޓެވެ.
ރިއެކްޝަންސް






