ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބާރުބޮޑު ދުވަހެއް, އަވަހަށް ޗެކިންވާން ދިއުމަށް އިލްތިމާސްކޮށްފި
ވީއައިއޭއިން އާންމުކޮށްފައިވާ އޭރިއަލް ވިއު ފޮޓޯއެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބާރުބޮޑު ދުވަހެއް, އަވަހަށް ޗެކިންވާން ދިއުމަށް އިލްތިމާސްކޮށްފި

2 days ago - 13:03
Jun 4, 2025 - 13:04
Advertisement
Advertisement

މިއަދަކީ ވެލާނާ އިންޓަނޭޝަލް އެއަރޕޯޓަށް (ވީއައިއޭ) ބާރުބޮޑު ދުވަހެއްކަމުން ފަސިންޖަރުން  ވީހާވެސް އަވަހަށް ޗެކިންވާން ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން މީސްމީޑިއާގެ މަންސަ, އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  އެއަރޯޓްގެ ޓާމިނަލްއާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރާތީއާއެކު ގިނަބަޔަކު ފުރަންދާއިރު މިއަދަކީ އެއަރޕޯޓަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެހެން ކަމުން އެއަރލައިންތަކުން ފަސިންޖަރުން ޗެކިންވުމަށް އެދިފައިވާ ގަޑީގެ ވީހާވެސް ކުރިން އެއަރޕޯޓަށް އައުމަށް އެދިފައި ވެއެވެ.

މާދަމާއަކީ ބަރަކާތްތެރި ހައްޖު ދުވަސްކަމުން އީދަށް އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށްވެސް ފުރާ ގިނަ ބަޔަކުވެސް މިއަދުގެ ދަތުރުކުރާނެކަމަށް ބެލެވެއެވެ. އެހެންކަމުން އެތެރޭގެ އުދުހުންތަކަށް މިއަދާއި މާދަމާވެސް ބާރުބޮޑުވާނެއެވެ.

Advertisement
Advertisement

"ސައިޓްގައި ތިބި އަޅުގަނޑުމެންގެ މުވައްޒަފުންގެ އެހީތެރިކަން ތިބޭފުޅުންގެ އެއަރޕޯޓްގެ ތަޖުރިބާ އޮމާންކަމާއެކު ގެންދިއުމަށް އަބަދުވެސް ލިބޭނެ" ޕޯސްޓްގައި ބުނެފައި ވެއެވެ.

އާޓަމިނަލްގެ މަސައްކަތްތައް ނިންމާ މިނިވަންދުވަހާ ދިމާކޮށް ރަސްމީކޮށް ޓާމިނަލް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކަކީ ޓާމިލްއާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ދުވަސްތަކެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement