
މަސްހިފަން ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެއްޖެ
ނިޔާވީ 65 އަހަރުގެ މީހެއް
މިއަދު ހެނދުނު ލ.ގަން ކައިރި އޮންނަ މަހަކަންފުށި ކިޔާ ފަޅު ރަށެއް ކައިރިއަށް މަސްހިފަން ފޭބި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
މަސްހިފަސް ގޮސް އުޅެނިކޮށް ނިޔާވީ ލ.ގަން ތުނޑީ އަވަށް, ފެސްފަރީ އަބްދުއްސަމަދު މުޙައްމަދު (65) އެވެ. ފުލުހުން ވިދާޅުވީ އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯރޓް ކުރުމުން ގެއްލުނު ސަރަހައްދު މޫދުން ފެނުނު ނަމަވެސް, ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯރޓްކުރީ 9:50 ހާއިރު އެވެ. މޫދުން ހަށިގަނޑު ފެނުނީ 11:00 ހާއިރުއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ރިއެކްޝަންސް






