ޖޭއެސްސީގެ ރައީސްގެ އާ މެމްބަރަކަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފި
ޔަޒްމީދަށް ޖޭއެސްސީ މެމްބަރުކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ޖޭއެސްސީގެ ރައީސްގެ އާ މެމްބަރަކަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފި

1 year ago - 19:15
Feb 23, 2025 - 19:15
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސުލްޖުމްހޫރިއްޔާގެ އާ މެމްބަރަކަށް ގއ.ވިލިނގިލި، ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. 

ކޮމިޝަންގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކަށް ޔަޒްމީދު އައްޔަން ކުރެއްވީ ކުރިން ހުންނެވި އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރެއްވުމަށްފަހު އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޔަޒްމީދު މުޙައްމަދާ ވަނީ ޙަވާލުކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްއަކީ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު ހުސެއިން ރިޒާއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަކީވެސް އެކޮމިޝަންގެ މެމްބަރެކެވެ. އެކޮމިޝަންގައި ސްޕްރީމް ކޯޓް ތަމްސީލްކުރައްވަނީ އަލްއުސްތާޛު ހުސުނުއްސުއޫދު އެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement