ސަރުކާރުން ދިނީ ރޭޓިންގ ރަނގަޅުވާނެ ކަމުގެ ޔަގީންކަން
ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއެކު ބަދަލު އަންނާނެ
ފިޗް ރޭޓިންގްސް އިން ރާއްޖެއަށް 'ސީސީ' ރޭޓިންގއެއް ދިނަސް, ރޭޓިންގ ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގްސް އެޖެންސީ, ފިޓް ރޭޓިންގްސް އިން ރާއްޖޭގެ މާލީ ހާލަތަށް ބަލާ ރޭޓިންގ ދަށްކޮށްފައި މިވަނީ އިގްތިސާދީ ހާލަތާ މެދު ސުވާލުތައް އުފެދިފައި ވަނިކޮށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ނިންމުންތަކަކާ ގުޅިގެންވެސް ރައްޔިތުން ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ ހާލަތު ބަދަލުވެ, ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް, އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފެށުމުން ހާލަތު ބަދަލުވާނެ ކަމަށެވެ. އެސިޔާސަތު އެކުލަވާލާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި ކުޑަކުރުމުން ރޭޓިންގއަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.
ފިޗުން ދިން ލަފަޔާއެކު ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ވަށާޖެހޭ ރިފޯމެއް ގެންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ. ފިނޭންސް މިނިސްޓްރީން ބުނީ 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި %90 ކުޑަކުރެވޭނެ ކަމަށެވެ. މިއާއެކު ކްރެޑިޓް ރޭޓިންގއަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ނިންމުމަކީ އެސްއޯއީތަކުގެ ޚަރަދުވެސް ކުޑަކުރުމެވެ. އަދި ސަބްސިޑީވެސް ހައްގުވެރި ފަރާތްތަކަށް އެކަނި ދިނުމާއެކު ބަލްކް ޕްރޮކިއުމަންޓް ނިޒާމްގެ ދަށުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނައުމެވެ.
ފިޗުން ދިން ސީސީ ރޭޓިންގެ މާނައަކީ ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެއަށް ބޮޑަތި ހުރަސްތަކެއް ހުރުމެވެ.
ރިއެކްޝަންސް