ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމީދު އާއި ސަލީމް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި
ސްޕްރީމް ކޯޓަށް އައްޔަންކުރަން ފާސްކުރެއްވި ދެ ބޭފުޅުން

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމީދު އާއި ސަލީމް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

2 days ago - 12:46
Jun 4, 2025 - 12:47
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހައިކޯޓްގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި, ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޢަބްދުالله ހަމީދު އައްޔަން ކުރަން ފެންކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. އެދޭފުޅުންނަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވި ދެ ބޭފުޅުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށްވެސް ފޮނުއްވީ އެދެބޭފުޅުންގެ ނަންފުޅެވެ.

އެދެބޭފުޅުންގެވެސް ޝަރުތު ހަމަވާކަމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ. އެހެންކަމުން އެދެބޭފުޅުންނަށް ނަން ފާސްކުރަން ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ މިލަދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައިއ ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އެދެބޭފުޅުންގެ ނަން ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ އެކޯޓްގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު މަޖިލިހަށް ހުށަހަޅުއްވައިގެން މަގާމުން ވަކިކުރެއްވުމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement