ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި އާސެނަލް އިން ރެއާލްގެ މައްޗަށް 3-0 ގެ މޮޅެއް
ރައިސް އަދި އާސެނަލްގެ ކުޅުންތރިން އުފާފާޅުކުރަނީ. ފޮޓޯ: އާސެނަލް

ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި އާސެނަލް އިން ރެއާލްގެ މައްޗަށް 3-0 ގެ މޮޅެއް

ޑެކްލަން ރައިސްގެ ހިލޭޖެހުމުން ދެ ގޯލް ކާމިޔާބުކުރި

4 days ago - 02:49
Apr 9, 2025 - 03:21

ޑެކްލަން ރައިސްގެ ދެ ގޯލާއެކު ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ މައްޗަށް އާސެނަލް އިން ބޮޑު މޮޅެއް ހޯދައިފިއެވެ. ހިލޭ ޖެހުމަކުން ޑެކްލަން ރައިސް ކާމިޔާބުކުރި ދެ ގޯލާއެކު އާސެނަލް މެޗު ކާމިޔާބުކުރީ 3-0 ނެވެ.

ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ރެއާލުން ކުޅުމުގެ ތެރެއަށް ވަންނަށް ވިއްސަކަށް މިނިޓް ނެގިއިރު, ފުރަތަމަ ހާފުގައިވެސް އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އާސެނަލް އަށް ލިބުނު ހިލޭޖެހުން 58 ވަނަ މިނިޓްގައި ނަގައިދިނީ ޑެކްލަން ރައިސްއެވެ. ރީތިކޮށް ކާވް ވެގެންދިޔަ ބޯޅަ ކީޕަރު ތިބޯޓް ކޯޓުއާ ހުރަސްކޮށްގޮސް ވަނީ ގޯލްގެ ކަނަށެވެ. އޭގެ 12 މިނިޓްފަހުން ލިބުނު ދެވަނަ ހިލޭޖެހުންވެސް ގޯލްގެ ކަނައަތްފަރާތު މަތީކަނަށް ފޮނުވާލުމާއެކު ރެއާލްއަށް ސިހުމެއް ލިބިގެންދިޔައެވެ.

އާސެނަލްއަށް ހަނދާނުގައި ރައްކާކުރެވޭނެ މެޗަކަށް އަންގާރަ ދުވަހުގެ މެޗު ހަދައިދިނީ މެޗުގެ 75 ވަނަ މިނިޓްގައި މިކޭލް މެރީނޯއެވެ. މައިލްސް ލެވިސް-ސެކްލީގެ އެހީތެރިކަމާއެކު ގޯލްއޭރިއާގެ ތެރެއިން މެރިނޯ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ތިރީ ކަނަށެވެ.

Advertisement
Advertisement

މެޗުން ބަލިވާންދަނިކޮށް އިތުރު ވަގުތުގައި ރެއާލްގެ އެޑުއާޑޯ ކަމަވިންގާއަށް ދެ ރީނދޫ ކާޑު ހަމަވެ, ދެވަނަ ލެގުގައި އޭނާއަށް ނުކުޅޭވޭނަކަން ޔަޤީންވުމާއެކު ރެއާލްއަށް ވަނީ އިތުރު މާޔޫސްކަމަކާ ކުރިމަތިވެފައެވެ.

2008-09 ގެ ސީޒަނަށްފަހު އާސެނަލްއަށް އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އާ ހަމައަށް ދަތުރު ނުކުރެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow