ހުޅުމާލެއިން އިތުރު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާއި ހިލާފަށ ްއުޅޭ ބިދޭސީން ހޯދުމަށް ހިންގާ ރެއިޑްތައް ވަނީ ގިނަކޮށްފައި / ފޮޓޯ: އިމިގްރޭޝަން

ހުޅުމާލެއިން އިތުރު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

5 days ago - 18:04
Apr 8, 2025 - 18:46
Advertisement
Advertisement

ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދޮޔަ އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި ރެއިޑު ގެންދިޔައީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ.

ހުޅުމާލެއިން ގަވާއިދާއި ހިލާފަށް އުޅޭ 8 ބިދޭސީއަކު ރޭގައި އަތުލައިގަނެފައިވާ އިރު، މިމަހުގެ ހަވަނަ ދުވަހު މާލޭގައި ހިންގާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށް ސައްހަ ވިސާއެއް ނެތި މާލޭގައި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މިމަހުގެ 4 ވަނަ ދުވަހު، މާލޭގައި ހުންނަ ކެފޭއަކުން ގަވާޢިދާ ޚިލާފަށް އުޅޭ 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މިދިޔަ މަހުގެ 23 ގައި ހިންގި އޮޕަރޭޝަނެއްގައި މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ހިންގާ ހަރަކާތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

Advertisement
Advertisement

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement