ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކްލިކް މޯލްޑިވްސްއިން ޑިޖިޓަލް ގަޑިއެއް ބަހައްޓައިފި
ކްލިކް މޯލްޑިވްސްގެ ދީލަތި އެހީތެރިކަމާއެކު، ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބޭނުންކުރުމަށްޓަކައި އައު ޑިޖިޓަލް ގަޑިއެއް ބަހައްޓައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ގަޑީގެ ސަބަބުން އެ ސަރަޙައްދުގައި ތަމްރީނުތައް ހަދާ ކުޅުންތެރިންނަށާއި، އާންމުކޮށް ކަސްރަތު ކުރަންދާ ފަރާތްތަކަށް ވަގުތު ބެލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ވަކިން ޚާއްޞަކޮށް ކުޅިވަރުގެ އެކި ހަރަކާތްތަކާއި ތަމްރީނުތައް ވަގުތަށް ބަލައިގެން ކުރިއަށް ގެންދިއުމަށް މީގެ ސަބަބުން މަގުފަހިވާނެއެވެ.
ކްލިކް މޯލްޑިވްސްއިން ކުޅިވަރު ތަރައްޤީކުރުމަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭ ސިންތެޓިކް ޓްރެކަށްވެސް އެ ކުންފުނިން ވަނީ ޑިޖިޓަލް ގަޑިއެއް ހަދިޔާކޮށްފައެވެ.
ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކްލިކް މޯލްޑިވްސްއިން ދެމުންދާ މި އެހީތެރިކަމަކީ ކުޅިވަރު އާއިލާއިން ނުހަނު ބޮޑަށް ބަލައިގަންނަ އަގުހުރި މަސައްކަތެއްކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ރިއެކްޝަންސް





