ހަކަތައިގެ މަޝްރޫއެއް ކުރިއަށް ގެންދަން ސިންގަޕޫރު ކުންފުންޏެއްގެ ޕްރޮޕޯސަލްއެއް!
ވަޒީރު ތާރިގު ޕްރޮޕޯސަލް ބައްލަވަނީ: ފޮޓޯ-އެންވަޔަރަމަންޓް މިނިސްޓްރީ

ހަކަތައިގެ މަޝްރޫއެއް ކުރިއަށް ގެންދަން ސިންގަޕޫރު ކުންފުންޏެއްގެ ޕްރޮޕޯސަލްއެއް!

1 day ago - 11:48
Advertisement

 

ހަކަތައިގެ މަޝްރޫއެއް ކުރިއަށް ގެންދަން ސިންގަޕޫރު ކުންފުންޏެއްގެ ޕްރޮޕޯސަލްއެއް ލިބިއްޖެ ކަމަށް މޫސުމާއި, ތިމާވެއްޓާއި, ހަކަތައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެވުޒާރާއިން ބުނީ ސިންގަޕޫރުގެ ޝީ އެނާޖީ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓް އުފައްދަން ކަމަށެވެ.

ލިކުއިފައިޑް ނެޗްރަލް ގޭސް (އެލްއެންޖީ) ނުވަތަ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ހުށަހެޅި ޕްރޮޕޯސަލްއާ ގުޅިގެން މަޝްވަރާތައް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިއީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ނޫނެވެ. ނަމަވެސް ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށްވުރެ ރައްކާތެރި ގެއްލުން ކުޑަ ނިޒާމެކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement