ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފްދެއް ޗައިނާއަށް
ޗައިނާއަށް ވަޑައިގެންނެވި ޕީއެންސީގެ ވަފްދު; ފޮޓޯ-ޕީއެންސީ

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފްދެއް ޗައިނާއަށް

1 day ago - 11:40
Advertisement

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ހިނގައްޖެއެވެ.

ޕީއެންސީން ބުނީ މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ޗައިނާއަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނެވެ.

އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ޕީއެންސީން ބުންޏެވެ. އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރައްވަންވަން ހަމަޖެހިފައިވާ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

އޭގެ އިތުރަށް ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރަންވެސް ތާވަލްކޮށްފައި ވެއެވެ.

Advertisement

ޗައިނާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ވެސް އޮންނާނެ ކަމަށް ޕީއެންސީން ބުންޏެވެ.

މި ދަތުރުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމަށް ޕީއެންސީން ބުންޏެވެ.

މި ދަތުރުފުޅުކުރައްވާނީ ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށެވެ. ޕީއެންސީގެ ވަފްދުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement