ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކުރަން ދެކޮޅު ހެއްދެވީ ވިޔަފާރިވެރިން
ަސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކުރަން ދެކޮޅު ހެއްދެވީ ވިޔަފާރިވެރިން

1 month ago - 14:38
Aug 14, 2024 - 15:17
Advertisement

 

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކުރަން ވިޔަފާރިވެރިން ދެކޮޅު ހެއްދެވި ނަމަވެސް ކޮމިޓީން ފާސްކޮށްފިއެވެ.

ރާއްޖެއަށް ބިދޭސީން ގެނެސް އިހުމާލުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން ޤާނޫނަށް ހުސަހެޅި އިސްލާހުގައި އޮތީ 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި އިސްލާހުތަކަށް މަޝްވަރާކުރިއިރު ހިޔާލުތަފާތުވުން ބޮޑުވީ ޖޫރިމަނާ ކުރަން ހުށަހަޅާފައި އޮތް އަދަދާ މެދުގައެވެ. ވިޔަފާރިވެރިން ގިނައިން ހިމެނިވަޑައިގަންނަވާ ކޮމިޓީގައި އެއިސްލާހާ ދެކޮޅު ހެއްދެވީ ވިޔަފާރި ވެރިންނެވެ. ނަމަވެސް އިސްލާހު ފާސްކުރެއްވީ ކޮމިޓީގެ މުގައްރިރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމްގެ ވޯޓާއެކު އެވެ. ރެޑްވޭވްގެ ވެރިޔާ ސަލީމަކީ ކޮމިޓީގެ މުގައްރިރެވެ.

އިސްލާހާ ދެކޮޅު ހެއްދެވީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާއި, މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް އާއި, ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު މޫސާއެވެ. މީގެތެރޭގައި ޕީއެންސީގެ މެމްބަރަކު ނުހިމެނެއެވެ. ނަމަވެސް ގާސިމްއާއި ނާޒިމް އަކީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންނެވެ. މިހަތަރު މެމްބަރުންނަކީ ވެސް ފުޅާދާއިރާއެއްގައި ވިޔަފާރު ކުރައްވާ ބޭފުޅުންނެވެ.

Advertisement

އިސްލާހު ފާސްކުރަން ވޯޓްދެއްވީ ޕީއެންސީގެ މެމްބަރުން ކަމަށްވާ ކާށިދޫ ދާއިރާގެ މެމްބަރު މުންތަސިމް އިބްރާހީމް އާއި, ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އާއި, ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުގޫޒު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފް އެވެ. ވޯޓް އެއްވަރުވުމުން ފާސްކުރީ މުގައްރިރު ސަލީމްގެ ވޯޓާއެކުއެވެ.

ބިލާ ދެކޮޅު ހެއްދެވި މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50,000 ރުފިޔާ ދައްކަން ޖެހުމެވެ. ބިދޭސީންނާމެދު އިހުމާލު ވުމުގެ މައްސަލައަކީ ރާއްޖޭގައިވެސް ބޮޑު މައްސަލައެކެވެ. އެކަމުގައި ބޮޑަތި ވިޔަފާރިވެރިންވެސް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement