ރައީސް މުޢިއްޒު ވެރިކަމަށް ގެންނަން ގުރުބާންވީ ފަދައިން ވެރިކަން ދަމަހައްޓަންވެސް ގުރުބާން ވާނަން: އިއްބެ

ރައީސް މުޢިއްޒު ވެރިކަމަށް ގެންނަން ގުރުބާންވީ ފަދައިން ވެރިކަން ދަމަހައްޓަންވެސް ގުރުބާން ވާނަން: އިއްބެ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހީމް ހުސައިން އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެންނައުމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ބޭފުޅާ ކަމަށް ދެކުނު ދާއިރާގެ ރައްޔިތުން އަންނަނީ ބުނަމުން.

8 months ago - 14:48
Jan 29, 2024 - 18:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެންނަން ޖަނާއި މާލުން ގުރުބާން ވީފަދައިން ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކޮށް ނެގެހެއްޓުމަށްޓަކައި ވާންޖެހެނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށް ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހީމް ޙުސައިން އިއްބެ ވިދާޅުވެއްޖެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އަމާޒް މީޑިއާއާ ވާހަކަ ދައްކަވަމުން އިއްބެ ވިދާޅުވީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ވެރިކަމަށް އައި ސަރުކާރަށް ތިންމަސް ވުމުގެ ކުރިން ސަރުކާރު ވައްޓާލުމަށް ކުރަމުން އަންނަ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އިއްބެ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ގޮންޖަހައި ސަރުކާރު ވައްޓާލަން ކުރަމުންދާ މަސައްކަތީ ކުރު މުއްދަތެއްގެ ތެރޭގައި ރައީސް މުޢިއްޒު ދައްކަވާފައިވާ ލީޑާރޝިޕާއި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ގެންނަވާފައިވާ ބަދަލުތައް އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުކުރެވިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ކުޅެ ޖެއްސުން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ލީޑަރޝިޕް އޮތީ އެއަށްވުރެ މާ ބޮޑަށް ހުށިޔާރު ވެގެން ކަމަށެވެ.

"އަޅުގަނޑުމެން މި ސަރުކާރު ގެނައީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ގެއްލި ގައުމު އަތުން ބީވަމުން ދިޔަ ދަނޑިވަޅެއްގައި. ރައީސް މުޢިއްޒު ގައުމުގެ ހުންގާނު އެ ހޭރިޔާ ކުރައްވަނީ ދިވެހި ހުރިހާ ރައްޔިތުން އެދޭ މިސްރާބަށް. ސަރުކާރު ވައްޓައެއް ނުލެވޭނެ. އެފުރުސަތު ދޭގޮތަކަށް ނޫން އަޅުގަނޑު މިހުރީ. ސަރުކާރު ގެންނަން ގުރުބާން ވީފަދައިން ސަރުކާރު ދަމަހައްޓައި ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދިނުމަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި އެންމެ ފަހު މީހާއާ ޖެހެންދެން ހުންނާނަން" ފުވައްމުލަކު ދެކުނު ދާއިރާގެ ޕީ.ޕީ.އެމް. ޕީ.އެން.ސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން އާއި ދަ ޑިމޮކްރޭޓްސްއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުމުގެ މަސައްކަތް ފަށައި އެކަމަށް ބޭނުންވާ ސޮއި ހަމަ ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow