ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ  މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ރައީސް އަޒުލުކުރަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފި

7 months ago - 13:51
Jan 29, 2024 - 14:18
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އިދިކޮޅު އެމްޑީޕީން ސޮއިހަމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރަކެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓުން ގުޅިގެން ރައީސް މުއިއްޒު އަޒުލުކުރަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައްސަލަހުށަ އެއް ނާޅައެވެ.

މަޖިލީހުގައި އިއްޔެގެ ހިނގި ހަމަނުޖެހުންތަކަށް ފަހުގައި ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 56 މެންބަރުންގެ ވޯޓާ އެކު ރައީސް އަޒުލުކުރެވޭނެއެވެ. މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ.

Advertisement

މިހާރު މަޖިލީހުގައި އެމްޑީޕީގެ 43 މެންބަރުންނާއި  ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. މި ދެޕާޓީއިން ވަނީ ފަރަށް ފަހުންގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.

މިކަން ހާމަ ކޮށްފައި ވަނީ އެ ދެ ޕާޓީ ގުޅިގެން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement