ކުޅުދުއްފުށީގެ އޮފީސްތަކުގެމެދުގައި ފިރިހެން ހޭންޑް ބޯޅަ މުބަރާތެއް ފަށައިފި

ކުޅުދުއްފުށީގެ އޮފީސްތަކުގެމެދުގައި ފިރިހެން ހޭންޑް ބޯޅަ މުބަރާތެއް ފަށައިފި

ފިރިހެން އޮފީސް ހޭންޑް ބޯޅަ މުބަރާތް ކުޅުދުއްފުށީގައި ފަށައިފި

8 months ago - 21:21
Jan 28, 2024 - 22:40

ކުޅުދުއްފުށީގެ އޮފީސްތަކުގެ މެދުގައި ފިރިހެނުންގެ ހޭންޑް ބޯޅަ މުބަރާތެއް ފަށައިފިއެވެ. 

މި މުބާރަތަކީ ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާ ހޭންޑް ބޯލް އެސޯސިއޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

"ހޭންޑް ބޯލް މޯލްޑިވްސް އިންޓަރ އޮފީސް ބީޗް ހޭންޑް ބޯލް ޗެންޕިއަންޝިޕް 2024 "ގެ ނަމުގައި ކުރިއަށް ދަނީ ކުޅުދުއްފުށީ އޮފީސް ތަކުގެ މެދުގައި ފިރިހެނުންނަށް ހާއްސަކޮށްގެނެވެ.

މި އީ ފިރިހެނުންގެ މެދުގައި ހޭންޑް ބޯޅައަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.

Advertisement

މި އަހަރު މި މުބާރާތުގައި ކުޅުދުއްފުށީގެ 6 އޮފީހަކުން ވާދަކުރާކަމަށް ހޭންޑް ބޯޅަ އެސޯސިއޭޝަނުން ވިދާޅުވިއެވެ. 

އެއީ ކަސްޓަމް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށި ރީޖަނަލް ޕޯޓް، އެސްޓިއޯ، ވެމްކޯ، އަދި ދިރާގް އެވެ.

މި މުބާރާތް ކުރިއަށް ދާނީ މި މަހު 26 އިން ފެބްރުއަރީ 2 ގެ ނިޔަލަށް ކަމަށް ހޭންޑް ބޯޅަ އެސޯސިއޭޝަނުން ވިދާޅުވިއެވެ. 

ހޭންޑް ބޯޅަ އެސޯސިއޭޝަނުން ވިދާޅުވީ މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ހަވީރު ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow