ވެސްޓްހެމް ބަލިކޮށް ޗެލްސީ އަލުން ތާވަލްގެ ގަދަ ހަތަރަކަށް
ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާގެ ވެސްޓްހެމް ޔުނައިޓަޑް 1-0 ން ބަލިކޮށް, ތާވަލްގެ ގަދަ ހަތަރަކަށް ޗެލްސީ އަލުން ޖެހިލައިފިއެވެ. ވެސްޓްހެމް އިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ޗެލްސީން ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފުގައެވެ.
މެޗުގެ 64 ވަނަ މިނިޓްގައި ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޕެޑްރޯ ނޭޓޯއެވެ. ޗެލްސީ މޮޅުވީ ވެސްޓްހެމްގެ އާރޮން ވޮން-ބިސާކާ އަތުން ބައިކޮޅަށް ވައިން ގޯލުންނެވެ.
މި ޓްރާންސްފަރ ވިންޑޯގައި ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ކްލަބް އޭސީ މިލާން އަށް ބަދަލުވާނެ ކަމަށް އަޑު ފެތުރިފައިވާ ޕޯޗްގަލްގެ ތަރީ ޔާއޮ ފެލިކްސް ރޭގެ މެޗުގައި ނުކުޅެއެވެ.
ހޯމަ ދުވަހުގެ ނަތީޖާ އާއެކު މެންޗެސްޓަރ ސިޓީ ތާވަލްގެ ފަސް ވަނައަށް ސޮއްސާލާ, ޗެލްސީ ކުރިއަށް ޖެހިލީ ދެ ޕޮއިންޓްގެ ކުރިއެރުމަކާ ޖުމްލަ 43 ޕޮއިންޓާއެކުއެވެ.
ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި އެއް މެޗު މަދުން ކުޅެ 56 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. 24 މެޗުން 50 ޕޮއިންޓާއެކު އާސެނަލް ދެވަނަގައި އޮތް އިރު ނޮޓިންގްހަމް ފޮރެސްޓަށް ތިންވަނަ ލިބެނީ 47 ޕޮއިންޓުންނެވެ.
ރިއެކްޝަންސް