ފްލޯރިއަން ވާޓްޒްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރިއަށް ލިވަޕޫލް
ފްލޯރިއަން ވާޓްޒް

ފްލޯރިއަން ވާޓްޒްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރިއަށް ލިވަޕޫލް

5 hours ago - 09:25
May 25, 2025 - 09:59

ބަޔާން ލެވަކޫސަން އަށް ކުޅޭ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު, ފްލޯރއަން ވާޓްޒްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރިއަށް ލިވަޕޫލް ޖެހިލައިފިކަމަށް މަސްދަރުތައް ބުނެފިއެވެ.

ނަމަވެސް ހަބަރުތައް ބުނާގޮތުން އަންނަ ސީޒަންގައި ވާޓްޒް އަދި މަޑުކުރަން ބޭނުންވަނީ ޖަރުމަނުގެ ކްލަބެއްގައެވެ. އެއީ އޭނާ މިހާރު ކުޅޭ ލެވަކޫސަން ނުވަތަ ޖަރުމަނު ލީގުގެ ވާދަވެރިޔާ, އަދި ގަދަބާރު ބަޔާން މިއުނިކްގައެވެ. ނަމަވެސް ލިވަޕޫލްއިން އޮތީ މިކަމުގައި ދޫދޭގޮތަކަށްނޫންކަމަށް މަސްދަރުތަކާ ހަވާލާދީ އީސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ. 

ލިވަޕޫލްގެ ގޮތްދޫނުކުރުމާއެކު, ލެވަކޫސަން އަށް 197 މެޗުން 57 ގޯލް ކާމިޔާބުކޮށް 65 ގޯލް ޖެހުމުގައި އެހީތެރިވެފައިވާ 22 އަހަރުގެ ކުޅުންތެރިޔާ އަންނަ ސީޒަނުގައި އެންފީލްޑުން ފެނުމުގެ ފުރުޞަތު ބޮޑުުކަމަށް ވެސް މަސްދަރުތައް ބުނެއެވެ. 

ނަމަވެސް ލެވަކޫސަން އާއި ލިވަޕޫލްއާ ދެމެދު އެކަމާ ގުޅޭގޮތުން ގޮތެއް ނިމިފައި ނުވިއަސް މަޝްރާތައް ވަނީ ފެށިފައެވެ. ހަބަރުތައް ބުނާގޮތުން ލެވަކޫސަން އިން ވާޓްޒްއަށް ހުށަހަޅާފައިވަނީ 126 މިލިއން ޕައުންޑް (150 މިލިއަން ޑޮލަރު) ގެ އަގެކެވެ. 

Advertisement
Advertisement

މީގެ އިތުރުން ލެވަކޫސަންގެ ފުލް ބެކް, ޖެމެރީ ފްރިމްޕޮންގ ހޯދުމަށްވެސް ލިވަޕޫލްއިން އެޓީމާއެކު މަޝްވަރާތައް ނިމި, މެޑިކަލްވެސް ވަނީ ފުރިހަމަކޮށްފައެވެ. ފްރިމްޕޮންގް ވަނީ ލެވަކޫސަން އަށް 30 ގޯލް ކާމިޔާބުކޮށްދީފައެެވެ. ވާޓްޒް އާއެކު ޕްރިމްޕޮންގެ ވެގެންދާނީ ހޫނު މޫސުމުގައި ލިވަޕޫލް އާ ގުޅޭ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

ނަމަވެސް ބުންޑަސްލީގާގެ ރަސްގެފާނު, ބަޔާނުންވެސް ތިބީ އެކަލްބަަށް ވާޓްޒްގެ ސޮއި ހޯދޭނެކަން ކަށަވަރުކޮށްގެންނެވެ. މި ހޫނު. މޫސުމުގައި ނުވަތަ ޖެހިގެން އަންނަ އަހަރު ނަމަވެސް މެއެެވެ. ނަމަވެސް ފާއިތުވެދިޔަ ދެތިންދުވަހު ބަދަލުވެފައިވާ ވާހަކަތަކާއެކު މިހާރު ބޮޑަށް ގަބޫލުކުރެވެނީ ވާޓްޒް ބަދަލުވާނީ ޕްރިމިއަރ ލީގަށް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow