ލިވަޕޫލުން 10 މިލިއަށް ޔޫރޯ އާނޯލްޑް ރެއާލަށް
ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް

ލިވަޕޫލުން 10 މިލިއަށް ޔޫރޯ އާނޯލްޑް ރެއާލަށް

2 months ago - 16:50
May 30, 2025 - 17:48

ލިވަޕޫލްގެ އިނގިރޭސި ފުލްބެލް ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް (ޓާ) 10 މިލިއަން ޔޫރޯ (11.3 މިލިއަން ޑޮލަރު) އަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ވިއްކާލައިފިއެވެ. އާނޯލްޑް ރެއާލްއަށް ބަދަލުވެފައިވާކަން ހުކުރު ދުވަހު ދެ ކްލަބުންވެސް ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

ލިވަޕޫލް އާއެކު ޓާ ހަދާފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން ކުރިއަށް އޮތް ކްލަބް ވޯލްޑްކަޕްގައި ރެއާލަށް ކުޅެން ކްލަބް ބަދަލުކުރުމަށް ދައްކަންޖެހޭ ފީވެސް ހިމެނޭ ގޮތަށް ހެދި މި ޑީލްގެ އިތުރުން ޖޫން މަހުގެ ޓާގެ މުސާރަވެސް ދޭންޖެހޭނީ ރެއާލުންންވެ. ލިވަޕޫލްއިން ވަނީ ޓާ އެ ކްލަބް މި ހޫނު މޫސުމުގައި ދޫކޮށްލާނެކަން މީގެ ކުރިން އިއުލާންކޮށްފައެވެ.

އާނޯލްޑް ރެއާލްއަށް ބަދަލުވުމުގެ ހުރިހާކަމެއް އާދިއްތަ ދުވަހު ޓްރާންސްފަރގެ ދޮރު ހުޅުވުމާއެކު ކުރިއަށްދާނެއެވެ.ބެލެވޭގޮތުގައި ރެއާލްއާއެކު ޓާގެ ފުރަތަމަ ފެނިލުމަކަށްވާނީ ޖޫން 8 ގައި އެމެރިކާގެ ފްލޮރިޑާގައި ކްލަބް ވޯލްޑްކަޕްގައި ސައުދީ ލީގުގެ އަލް-ހިލާލް އާ ދެކޮޅަށް ކުޅޭ މެޗެވެ.

ރެއާލުން ޓާ އާއެކު 6 އަަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.އާނޯލްޑް އަކީ ރެއާލްގެ ޑިފެންސް ވަރުގަދަކުރުމުގެ ގޮތުން އަންނަ ސީޒަނަށް ގެންނަ ފުރަތަމަ ކުޅުންތެރިޔާއެވެ. ރެއާލުން އަންނަނީ ބާންމައުތުގެ ރަސްމުސް ހޮއިލުންޑްވެސް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

Advertisement
Advertisement

އުމުރުން އެންމެ 6 އަހަރު ލިވަޕޫލް އެކަޑެމީ އާ ގުޅުނު ޓާ, ލިވަޕޫލް ދޫކޮށްލަނީ 20 އަހަރު ކްލަބްގައި ހޭދަކުރުމަށްފަހުއެވެ. 2016 ގައި ސީނިއާ ޓީމާ ގުޅި ލިވަޕޫލަށް ކުޅެދިން 353 މެޗުން 23 ގޯލް އޭނާ ލިވަޕޫލްއަށް ކާމިޔާބުކޮށްދީފައި ވެއެވެ. ލިވަޕޫލް އާއެކު ޓާ ވަނީ އަށް ތައްޓެއް އުފުލާލާފައެވެ. އޭގެ ތެރޭގައި ދެ ޕޮރިމިއަރ ލީގާއި ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow