ގްރޭޓާ ތަމްބާގް އާއެކު 'ފްރީޑަމް ފްލޮޓީލާ ކޯލިޝަން' ކަނޑުމަގުން އެހީ ހިފައިގެން ޣައްޒާއަށް ނައްޓާލަން ތައްޔާރުވެއްޖެ
އެފްއެފްސީން ކުރިން ދަތުރުކުރި ބޯޓް. ފޮޓޯ: އިންޓަނޭޝަނަލް ހިއުމެނިޓޭރިން ރިލީފް ފައިންޑޭޝަން

ގްރޭޓާ ތަމްބާގް އާއެކު 'ފްރީޑަމް ފްލޮޓީލާ ކޯލިޝަން' ކަނޑުމަގުން އެހީ ހިފައިގެން ޣައްޒާއަށް ނައްޓާލަން ތައްޔާރުވެއްޖެ

މީގެ ފުރަތަމަ ދަތުރަށް ފެށިތަނާ މޯލްޓާ ކައިރިން މެއި 2 ވަނަ ދުވަހު ވަނީ ޑްރޯން ހަމަލާއެއް އަރާ ދަތުރު ހުއްޓުމަކަށް އައިސްފައި

2 months ago - 17:51
May 30, 2025 - 18:12

ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވެސްޓް ގްރޭޓާ ތަމްބާގް އާއި އިތުރު ހައި-ޕްރޮފައިލް އެކްޓިވިސްޓުންތަކެއް އަނެއްކާވެސް ކަނޑުމަގުން އެހީ ހިފައިގެން ޣައްޒާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ. ގޭމްސް އޮތް ތްރޯންސްގެ އެކްޓަރު ލިއަމް ކަނިންގްހަމްވެސް ބައިވެރިވާ ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ)ގެ މިދަތުރަކީ އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ބަންދުކޮށްފައިވާވުން ނިމުމަކަށް ގެނައުމަށް ކުރާ ދަތުރެކެވެ.

"ދި މަޑްލީން" ކިޔާ ބޯޓް ފުރުމަށް ހަމަޖެހިފައިވަނީ ސިސިލީގެ ކެޓާނިއާ ބަނދަރުން އާދިއްތަ ދުވަހުއެވެ. އިންސާނީ އެހީ ބަރުކޮށްގެން ފުރާ މިދަތުރުގައި ޔޫރަޕްގެ ޕާލިމެންޓްގެ މެމްބަރު ރިމާ ހަސަން, އަދި ފަލަޞްޠީނު ދަރިކޮޅުގެ އެމެރިކާއަށް އުފަން ޤާނޫނީ ވަކީލު ހުވައިދާ އައްރާފްވެސް ބައިވެރިވާނެއެވެ.

މީގެ ކުރިން މެއި މަހުގެ 2 ވަނަ ދުވަހުވެސް އެފްއެފްސީން ކަނޑުމަގުން އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުރު ފެށިއެެވެ. ނަމަވެސް މޯލްޓާ ކައިރިން ބައިނަލްއަގުވާމީކަނޑުގެ ސަރަހައްދުގައި ބޯޓް އޮށްވާ އެރި ދެ ޑްރޯން ހަމަލާއަކާއެކު އެދަތުރު ވަނީ ނިމުމަކަށް އައިސްފައެވެ. އެފަހަރުގެ ހަމަލާއަކީ އިޒްރާއިލްއިން ދިން ހަމަލާއެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އެފަހަރުގެ ހަމަލާގައި ބޯޓުގެ ކުރީކޮޅު ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އެސްއެފްސީންވެސް ވަނީހަމަލާގެ ޒިންމާ އިޒްރާއިލްގެ ބޮލުގައި އަޅުވާފައެވެ.

Advertisement
Advertisement

'މަލްޑީން' އަކީ ފަލަޞްޠީނުގެ މަސްވެރިއަކަށް ކިޔާ ނަމަކެވެ. މި އުޅަނދަށް މަލްޑީންގެ ނަން ދެވިފައިވަނީ ފަލަޞްޠީނުގެ ރައްޔިތުން ދޫދިނުމެއްނެތި މިނިވަންކަމަށް ކުރާ ޖިހާދުގެ ރަމްޒެއްގެ ގޮތުންނެވެ.

ދަތުރުގެ ބައިވެރިން ބުނެފައިވަނީ މި ދަތުރަކީ އިޒްރާއިލް އާ ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށާއި, ވަކިން ހާއްސަކޮށް ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެޤައުމަށް ފޯރުކޮށްދިނުން ކަމަށެވެ. 

"ފުރަތަމަ ދަތުރުން ދިމާވި ހާދިސާއިންވެސް އިޒްރާއިލްއިން ހިންގާ މި ޖަރީމާއަށް ނުހުޅުވި ހުރި ލޯތައް ހުޅުވައިދެވިއްޖެ" ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރިމާ ހަސަން ބުންނެވެ.

ގިނަ ޤައުމުތަކެއްގެ ފިއްތުންތަކާއެކު އިޒްރާއިލްއިން ވަނީ އިންސާނީއަށް 3 މަހެއްހާ ދުވަސްވަންދެން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމަށް ކުޑަ ލުއެއްދީ ކޮންމެވެސް ވަރަކަށް އިންސާނީ އެހީ ވަނުމުގެ ހުއްދަ މެއި 19 ވަނަ ދުވަހު ދީފައެވެ. 

އެމެރިކާ އާއި އިޒްރާއިލްއިން ޣައްޒާގައި ގާއިމްކޮށްފައިވާ ފައުންޑޭޝާނެއް މެދުވެރިކޮށް އެހީ ބަހަމުންދާއިރު ދެކުނު ރަފަޙްއިން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެހީހޯދުމަށް ގޮސްތިބި ޣައްޒާގެ ރައްޔިތުން އަވީގައި ބައިތިއްބާފައި ތިބީ ދަގަނޑު ކޮށިތަކެއްގެ ތެރޭގައި ކިއު ހަދުވާފައެވެ.

އިންސާނީ ކަރާމާތް ނަގާލާގޮތަށް ޣައްޒާގެ ރައްޔިތުންނާ މެދު އަމަލުކުރުމަށްފަހު އިޒްރާއިލްގެ ޔަހޫދީ ސިފައިންވަނީ އެހީ ހޯދަން އެއްވެފައި އޮތް މީހުންގެ ތެރެއަށް ބަޑިޖަހާ 10 މީހަކު ޝަހީދުކޮށް 62 ދެމީހަކު ޒަހަމްކޮށްލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow