ތެލް އަވީވްގައި ހުންނަ އާޖެންޓީނާގެ އެމްބަސީ 2026 ގައި ގުދުސްއަށް ބަދަލުކުރަނީ
އިޒްރާއިލްގެ ޤާނޫނުހަދާ މަޖިލީހުގައި އާޖެންޓިނާގެ ރައީސް. ފޮޓޯ: އޭއެފްޕީ

ތެލް އަވީވްގައި ހުންނަ އާޖެންޓީނާގެ އެމްބަސީ 2026 ގައި ގުދުސްއަށް ބަދަލުކުރަނީ

އާޖެންޓިނާގެ ރައީސް ހާވިއާ މިލޭއި ވަނީ ސްވިޑެންގެ ގްރޭޓާ ތަމްބާގް ފަލަޞްޠީނުގެ ހައްގުގައި ކުރާ މަސައްކަތަށް ފާޑުކިޔާފަ

1 day ago - 12:24
Jun 12, 2025 - 12:27

ތެލް އަވީވްގައި ހުންނަ އާޖެންޓީނާގެ އެމްބަސީ އަންނަ އަހަރު ފަލަޞްޠީނުގެ ވެރިރަށް ގުދުސް (ޖެރޫސެލަމް) އަށް ބަދަކުކުރާނެކަމަށް އާޖެންޓީނާގެ ރައީސް ހާވިއާ މެލޭއީ ވިދާޅުވެއްޖެއެވެ. އިޒްރާއިލްގެ ޤާނުނޫ ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މިލޭއީ ވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އޭނާގެ ތާއިީދުއޮތްކަން ހާމަކުރައްވާފައެވެ. 

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާ ގުޅިގެން ނަތަންޔާހޫއަށް އިޒްރާއިލްއިން ބޭރުގައި ތާއިދު ގެއްލިފައިވާއިރު, ރަހީނުން މިނިވަންކުރުމުގައި 'ފެއިލްވެ' އިޒްރާއިލްގެ އެތެރޭގައިވެސް ނަތަންޔާހޫގެ ސަރުކާރަށް ވަނީ ފިއްތުންތައް ކުރިމަތިވެފައެވެ. 

އާޖެންޓީނާގެ އެމްބަސީ މިހާރު ހުންނަނީ ތެލް އަވީވްގެ ރަށްބޭރުގައި އޮންނަ ހާޒްލިއާގައެވެ.

ނަމަވެސް ބުދަ ދުވަހު އިޒްރާއިލްގެ ޤާނޫނު ގަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އިޒްރާއިލްއަށް އަބަދުވެސް ތާއިދުކުރާ މިލޭއީ ވިދާޅުވީ "އަންނަ އަހަރު އިޒްރާއިލްގެ އެމްބަސީ ހުޅަނގު ޖެރޭސެލަމް (ގުދުސް) އަށް ބަދަލުކުރާނެކަން މިއަންގަނީ  ފަހުރުވެރިކަމާއެކު" ކަމަށެެވެ.

Advertisement
Advertisement

"މި ދަތި އުނދަގޫ ވަގުތު އާޖެންޓީނާ މިއޮތީ އިޒްރާއިލްއާއެކު" މިލޭއީ ވިދާޅުވިއެވެ.

މިލޭއީ އިތުރަށް ވިދާޅުވީ އޭނާ މިބުނިހެން ދުނިޔޭގެ ގިނަ ބަޔަަށް މިހާރު ބުނެވެން ނެތްކަމަށާއި އެއީ އެމީހުންގެ ސިކުނޑިތަކަށް ނިރުބަވެރިން ސަވާރުވެފައިވާތީ ކަމުގައެވެ. 

މިއީ 2023 ގައި އާޖެންޓީނާގެ ރައީސްކަމާ ހަވާލުވި މިލޭއީ އިޒްރާއިލްއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރެވެ. 

މިލޭއީގެ ވާހަކައިގައި ވަނީ ޖޫން 9 ގައި ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން އިޒްރާއިލްއިން ވަގަށްނެގި ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އަަށް ވާރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކާފައެވެ.

އެގޮތުން މިލޭއީ ވިދާޅުވީ ގްރޭޓާއަކީ މީޑިއާގެ ސަމާލުކަން ހޯދަން ކުއްޔަށްހިފާފައިހުރި ބަޑިއެއްކަމުގައެވެ. އަދި ގްރޭޓާ ކިޑްނެޕް ކުރީއޭ ބުނާއިރު އަސްލު ކިޑްނެޕްކޮށްފައި ތިބި މީހުން ހަމާސްގެ އަތްދަށުގައި މިހާރުވެސް ތިބި ކަމަށެވެ. 

ފްރީޑަމް ފްލޮޓީލާ ލޯލިޝަން (އެފްްއެފްސީ) ގެ ބޯޓް މެޑްލީންގައި ޣައްޒާއަށް އިންސާނީ އެހީއާކު ދަތުރުކުރި 12 އެކްޓިވިސްޓުންގެ ތެރެއިން 4 މީހަކު ޑީޕޯޓްކޮށްފައިވާއިރު ގްރޭޓާ އަކީ ފުރަތަމަ ޕޯޓް ޑީޕޯޓްކުރި ފަރާތެވެ. ބާކީ 8 އެކްޓިވިސްޓުން އަދިވެސް ތިބީ އިޒްރާއިލްގެ ހައްޔަރުގައެވެ.

ގްރޭޓާ އަކީ އިޒްރާއިލްއިން ޣައްޒާ ޤަތުލްއާންމު ފެށީއްސުރެ ފަލަޞްޠީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަމުންދާ އެންމެ ވަރުގަދަ އަޑެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow