އިޒްރާއިލްގެ ޖަލުން ބްރެޒިލްގެ ތިއާގޯގެ 1 އަހަރުގެ ދަރިފުޅު ތެރޭސާއަށް ސިޓީއެއް!
މެޑްލީން އިން ދަތުރުކުރި އިންސާނީހައްގުތައް ދިފާއުކުރާ ބްރެޒިލްގެ ތިއާގޯ އަވީލާ އަދި އޭނާގެ އެކުވެރިން ދަރުރުކުރި ބޯޓް

އިޒްރާއިލްގެ ޖަލުން ބްރެޒިލްގެ ތިއާގޯގެ 1 އަހަރުގެ ދަރިފުޅު ތެރޭސާއަށް ސިޓީއެއް!

މެޑްލީން އިން ވަގަށްނެގި ތިއާގޯ އަވީލާ މިހާރު ހުރީ އިޒްރާއިލްގެ ޖަލުގައި 'ސޮލިޓަރީ ކޮންފައިންމަންޓް' ގައި

1 day ago - 13:38
Jun 12, 2025 - 13:41

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ ބޯޓް މެޑްލީން އިން ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ބްރެޒިލްގެ ތިއާގޯ އަވިލާ އިޒްރާއިލްގެ ޖަލުން އޭނާގެ 1 އަހަރުގެ އަންހެން ދަރިފުޅަށް ސިޓީއެއް ފޮނުވައިފިއެވެ. 

މެޑްލީންގެ ގެ ވަކީލުންގެ ގްރޫޕް 'އަދާލާއި' ން ތިއާގޯގެ އަންހެނުން ލާރާއަށް ފޮނުވި ސިޓީ އޭނާވަނީ ރޭ އެކްސްގެ އެފްއެފްސީ ގައި ހިއްސާކޮށްފައެވެ. މިހާރު ސޮލިޓަރީ ކޮންފައިންމަންޓް (ވަކި ގޮޅިއެއްގައި, ކަނު އަނދީރިގައި ވައި ނުލިބޭގޮތަށް އަދި އެއްވެސް މީހަކާ ބައްދަލުނުކުރެވޭގޮތަށް ބަންދުކޮށްފައި) ހުރި ތިއާގޯ މި ސިޓީ އޭނާގެ ޤާނޫނީ ވަކީލުންނާ ހަވާލުކުރީ ސޮލިޓަރީ ކޮންފައިންމަންޓަށް ލުމުގެ ކުރިން އަންގާރަ ދުވަހު ހެނދުނު އެވެ.

ދަރިފުޅަށް އިޒްރާއިލްގެ ޖަލުން ތިއާގޯ ފޮނުވި ސިޓީ:

ލޯބިވާ ތެރޭސާއަށް!

Advertisement

ބައްޕައަށް މާފުކުރޭ ބައްޕައަށް މި ދުވަސްކޮޅު ދަރިފުޅު ކައިރީގައި ނުހުރެވޭތީ. އެކަމަކު ބައްޕަ މި މަސައްކަތްކުރަނީ ދަރިފުޅު ހާ ލޯބި ލޯބި އެހެން ކުދިންތަކަަކަށް ކާއެއްޗެއް ހޯދައިދެވޭތޯ. ކޮންމެ އިންސާނަކަށްވެސް މިނިވަންކަމާ ދިރިހުރުމަށް ކާނާ ބޭނުންވާނެކަން ނޭނގޭ ބަޔަކު ވަނީ އެކުދންނަށް ކާތަކެތި ދޭން އިންކާރުކޮށް އެކުދިން ބަނޑަށްޖައްސާފަ. އެކުދިންނަށްވެސް އެކުދިންގެ އާއިލާތަކާއެކު އެކުދިންގެ ޤައުމުގައި އުފަލާ މަޖަލާއެކު, ކާނާއާ ބޯފެނާއި ދިހިހުރުމަށް ބޭނުންވާ ކަންކަން ލިބެންވާނެއްނު ދޯ. ދަރިފުޅުގެ ބައްޕައަކީވެސް މިވަގުތު ދުނިޔޭގައި އެކުދިންނަށް އެހީވުމަށް މަސައްކަތްކުރާ  އަދި މީ ޖީލުގައި ހިންގަމުން ގެންދާ އެންމެބޮޑު އަނިޔާވެރިކަމުން އެކުދިން ސަލާމަތްކުރަން މަސައްކަތްކުރާ އެތައް މިލިއަން ބައެއްގެ ތެރެއިން އެކަކު. މިޖަލުގައި އެކަނި މާއެކަނި, ކަނު އަނދިރީގައި ބައްފަ ހައިހޫނުކަމުގެ ހަޅުތާލުގައި އިޒްރާއިލްގެ ޖަލުގައި މިހުންނަ ހުރުމަކީ ބައްޕަ އެހެން މީހުންނަށްވުރެ މުހިއްމުވާ ސަބަބެއްނޫން. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޣައްޒާއަށްޓަކައި އިޙްތިޖާޖުތައް މިހާރުވެސް އެބަ ކުރިއަށްދޭ. ވެވޭ ގޮތަކުން އިޒްރާއިލްގެ އަނިޔާވެރިކަން ހުއްޓުވޭތޯ އެބަ މަސައްކަތްކުރޭ. އަދި އިޒްރާއިލްއަށް ވާގިވެރިވާ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލައިގެންވެސް މީހުން އެދަނީ ފަލަޞްޠީނާއެކު ތިބިކަން ހާމަކުރަމުން. ފަލަޞްޠީނުގެ ކޮންމެ ރައްޔިތަކު އެ ދިރިއުޅެމުންދަނީ 80 އަހަރުވީ ދިގު ޤަތުލްއާންމުގައި. އަހަރެމެން އެންމެ މިތިބީ އެކުގައި. އަހަރެމެންގެ މި ޖީލަށް އެތައް ޒަމާންތަކެއްވަންދެން ގޮވާލެވެމުންދިޔަ ގޮވާލުމަށް ސާބިތުކާމާއެކު އިޖާބަދިނުމުގައި. ބައްޕަ އުއްމީދުކުރަން ވަރަށް އަވަހަށް ގެއަށް ދެވޭނެކަމަށް. އަދި ބައްޕަ އުއްމީދުކުރަން އަހަރެމެންގެ ގެ, އުފަލާ ލޯބީގެ ބިން: ބްރެޒިލްއަށް އަނިޔާވެރި އިޒްރާއިލްއާ ގުޅުންކަނޑާލުމުގެ ހިތްވަރު ހުންނާނެކަން. އަދި އިޒްރާއިލްއިން އެ ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި އަދި އެ އިސްތިއުމާރީ ނިޒާމުގައިއެއްވެސްގޮތަކުން ބައިވެރި ނުވުމުގެ ހިތްވަރު ހުންނާނެކަން. ބައްޕަގެ އުއްމީދުކުރަނީ ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ މިޝަންގެ އެންމެހާ ބައިވެރިންނަށްވެސް ވީހާވެސް އަވަހަށް އެމީހުންގެ ގެއަށް ދެވޭނެކަމަށް. އޭގެ ފަހުން ދެން އެއީ ބައްޕަގެ ފަހަރު. ބައްޕަ ކޮންމެ ދުވަހަކުވެސް ދަރިފުޅާއި ދަރިފުޅުގެ މަންމަ މަތިން ވަރަށް ހަނދާންކުރަން. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ. އެހެންވެ ބައްޕަ ބޭނުމެއްނޫން ދަރިފުޅު ތި ބޮޑުވާ ދުނިޔެއަކީ އެހާ އަނިޔާވެރި, އެހާ ނާއިންސާފު އަދި އެދުނިޔޭގެ ވެށި ހަލާކުވެފައިވާތަނަކަށް ވާކަށް. ދަރިފުޅުގެ މަންމަ އަދި މި ސިޓީ ކިޔާ ކޮންމެ މީހެއް ގާތުގައި ބުނެދީ. އެތައްހާސް ބަޔަކު މިވަގުތުވެސް ޓިއުނީޝިއާއިން ޣައްޒާއަށް ފައިމަގުގައި ދިއުމަށް އެބަ ދަތުރުކުރެއޭ. އެމީހުންނަށް އަހަރެމެންގެ ސަޕޯޓް ބޭނުންވޭ. ދަރިފުޅުގެ ބައްޕައަށްޓަކާ ދެރަވެ ބިރުނުގަންނާތި. ބައްޕަ މިހުރީ ގަދަކޮށް. ބައްފަ މި ހުރީ އުއްމީދާއެކު. ބައްޕަ ވަރަށް އަވަހަށް ގެއަށް, ދަރިފުޅުގެ ކައިރިއަށް އަންނާނަން. 

-ލޯބިވާ ބައްޕަ-

އިޒްރާއިލްގެ ހައްޔަރަށް ދިޔައީއްސުރެ ހައިހޫނު ކަމުގެ ހަޅުތާލުގައި ހުރި ތިއާގޯ މިހާރު ސޮލިޓަރީ ކޮންފައިންމަންޓަށް ބަދަލުކުރުމާއެކު އޭނާއާ މެދު އިންތިއާއަށް ކަންބޮޑުވެފައި ހުރި އޭނާގެ އަންހެނުން ތިއާގޯއާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައިރު އެތައްފަހަރަކު ފެންކަޅިވެ ވާހަކަ މެދުކަނޑާލަން ޖެހުނެވެ. 

ހައިހޫނު ކަމުގެ ހަޅުތާލުގައި ތިއާގޯ ހުރީ ޣައްޒާގެ ކުޑިކުދިންނަށްޓަކައި އިންސާފު ލިބެންޖެހޭނެކަމަށް އޭނާ ޤަބޫލުކުރާ ޤަބޫލުކުރުން މަތީގައެވެ. އެއީ އެހެން ކުޑަކުދިންނެކޭ އެއްގޮތަށް ފަލަޞްތީނުގެ ކޮންމެ ކުޑަކުއްޖަކަށްވެސް ކާނާ އާއި ރައްކާތެރިކަމާއި މިނިވަންކަން ލިބެންޖެހޭނެކަމަށް އޭނާ ޤަބޫލުކުރާ ކުރުމެވެ. 

"މިއީ ހަމައެކަނީ ތިއާގޯގެ މިނިވަންކަމަށް ގޮވާލާ ގޮވާލުމެއްނޫން. މިއީ ދުނިޔެއިން ޣައްޒާއަށް, ފަލަޞްތީނަށް އެތަނުގައި އޒިްރާއިލްގެ އިސްތުއުމާރުގެ ދަށުގައި އިންތިހާ ވޭނުގައި ދިރިއުޅެންޖެހިފައިވާ ކޮންމެ ރައްުޔިތެއްގެ މިނިވަންކަމަށް އެދި ގޮވާލާ ގޮވާލުމެއް" ލާރާ ބުނެފައި ވެއެވެ.

ލާރާ އިތުރަށް ބުނީ ހައްޔަރަށް ދިޔަ ފަހުން އޭނާއަށް ތިއާގޯއާ ވާހަކަ ދެއްކުމުގެ ފުރުޞަތު ނުލިބޭ ކަމަށެވެ. ތިއާގޯ މެންގެ މެޑްލީން މިޝަންއާ ބެހޭ މައުލޫމާތު އޭނާއަށް އެނގޭ ކަމަށާއި, އޭނާއަށް އެއީ މުހިއްމު ކަމެއްކަން އަދި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގޭތީ ތިއާގޯ އެ މިޝަންގައި ދިޔައީވެސް އޭނާގެ ރުހުމުގައި ކަމުގައެވެ.

އަދި ތިއާގޯ އިޒްރާއިލްގް ހައްޔަރުގައި މިހާރު އެ ތަހައްމަލް ކުރާ ކަންތައް ޣައްޒާގައި ފަލަޞްޠީނުގެ މީހުން އެ ތަހައްމަލް ކުރާ ވޭނާ ނުބައްދަލު ކަމަށްވެސް ލާރާ ބުންޏެވެ. 1948 ށް ފެށިގެން މިއަދާހަމައަށް ފަލަޞްތީނުގެ ރައްޔިތުން ހަމަ ކޮންމެ ދުވަހަކު އެތައްވޭނެއް ތަހައްމަލު ކުރާ ކަމަށާއި, އެހެންކަމުން ތިއާގޯ ހުންނާނީ އެކަމުން ހިތްވަރުލިބި ގަދަކޮށް ކަަމަށް ޤަބޫލުކުރާ ކަމަށްވެސް ލާރާ ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow