އޮސްޓްރޭލިއާއިންވެސް ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސީ. ފޮޓޯ: ދި ނައިޓްލީ

އޮސްޓްރޭލިއާއިންވެސް ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި

ނިއުޒީލެންޑުންވެސް ދާދި އަވަހަށް އިއުލާންކޮށްފާނެކަމަށް ބެލެވޭ

15 hours ago - 23:01
Aug 12, 2025 - 10:30

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ކުށްވެރިކޮށް, ފަލަޞްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސީ ވިދާޅުވެއްޖެއެވެ. 

އަލްބަނީސީ މިއަދު ވަނީ އަންނަ ސެޕްޓެމްބަރު މަހު ނިއުޔޯކްގައި އދ ގެ އާންމު މަޖިލިސް ފެށުމުގެ ކުރިންފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ އެކަން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ދެ ދައުލަތުގެ ހައްލަކީ އިންސާނިއްޔަތު ކަމުގެ ނަޒަރުން ބަލާއިރު މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި އަނިޔާވެރިކަމުގެ ބުރު ނިންމުމަށް އޮތް އެންމެ ރަނގަޅު އުއްމީދު. އަދި ޣައްޒާގެ ހައިހޫނުކަމުގެ ހާލަތަށާއި ކެކުޅުންތަކަށް އޮތް ފަރުވާ" ވެރިރަށް ކެންބެރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްބަނީސީ ވިދާޅުވިއެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަޞްޠީނު ބަލައިގަންނާނެކަމަށް އޮސްޓްރޭލިއާ އިއުލާނުކޮށްފައި މިވަނީ ފާއިތުވި މަހު  އަދި މިމަހު ކުރީކޮޅު ފްރާންސާއި އިނގިރޭސިވިލާތް އަދި ކެނަޑާއިންވެސް ފަލަޞްޠިނުގެ ދައުލަތް ބަލައިގަންނަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނިކޮށެވެ.

Advertisement
Advertisement

އޮސްޓްރޭލިއާގެ މި ނިންމުމާ ގުޅިގެން އިޒްރާއިލްއިން އޮސްޓްރޭލިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރު އަމިިރް މައިމޮން ވިދާޅުވީ ފަލަޞްޠީނުގެ ދައުލަތް ބަލައިިގަތުމަކީ ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމަ ނިމޭނެ ކަމެއްނޫންކަމަށެވެ " އަހަރެމެން ޤަބޫލެއް ނުކުރަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމެެއް" އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އަށް މައިމޮން ބުނެފައި ވެއެވެ.

އޮސްޓްރޭލިއާއިން މި ނިންމުން ނިންމާފައި މިވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި, ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާ 300,000 އެއްހާ ރައްޔިތުން މީގެ ހަފުތާއެއް ކުރިން މަޝްހޫރު ސިޑްނީ ހާބަރު ބަދަރުގައި ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ.

އޭގެ އެއްދުވަސްފަހުން އޭބީސީއަށް ދިން ބަސްދިގަތުމެއްގައި އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް ވެސް ވަނީ "ފަަލަޞްޠީނުގައި ދައުލތެއްގެ ގޮތުގައި ބަލައިގަންނާ ބާކީ އެއްޗެއް ނޯވެދާނެ ކަމުގެ ބިރުއޮތްކަމަށް ވިދާޅުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow