ކެންދޫ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި
ކެންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ކެންދޫ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

8 months ago - 22:54
Aug 11, 2025 - 22:55
Advertisement
Advertisement

ކެންދޫ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ. މިޚިދުމަތް ރައީސް ފައްޓަވައިދެއްވީ ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެންދުއަށް ވަޑައިގެންނެވެ.

ބ. ކެންދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަޝްރޫއު ހަވާލުކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ބޮޑުބައި މިދިޔަ ސަރުކާރުގައި ވަނީ ނިންމާފައެވެ.

މިއަދު ރައީސް ކެންދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement