ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކު ނިޔާވެއްޖެ

ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކު ނިޔާވެއްޖެ

8 hours ago - 17:34
Advertisement
Advertisement

ހުޅުމާލޭގެ ގެސްޓްހައުސެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.


މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސެއްގައެވެ. ފުލުހުންނަށް މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.


ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ އެ ގެސްޓްހައުސްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.


މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، މ. ސްޓާ، މުހައްމަދު ރަޒީން (50އ) އެވެ.


ރަޒީން ނިޔާވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ ސަރަހައްދުގައި ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement