ކަރަންޓް ޔުނިޓަކަށްނަގާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ކަރަންޓް ޔުނިޓަކަށްނަގާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

2 months ago - 20:50
May 30, 2025 - 21:01
Advertisement
Advertisement

ސްޓެލްކޯ އަދި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރަޙައްދުތަކުގައި، ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ މަހުގެ 1 އިން ފެށިގެން ދަށްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމަވާފައިވާކަމަށާއި، އަދި އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާކަމަށެވެ.

ރައީސް މުއިއްޒު ޕޯސްޓެއްގައި އައު ޓެރިފް ރޭޓުތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވާފައި ވެއެވެ. އެގޮތުން، 0-100 ޔުނިޓުގެ ބޭންޑަށް މިހާރު ނަގާ 1.50 ރުފިޔާގެ ރޭޓު 1.25 ރުފިޔާއަށް ދަށްކުރެވޭނެއެވެ. 101-200 ޔުނިޓުގެ ބޭންޑަށް މިހާރު ނަގާ 1.70 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ. 201-300 އަދި 301-400 ޔުނިޓުގެ ބޭންޑުތަކަށް މިހާރު ނަގާ 2.15 އަދި 2.50 ރުފިޔާގެ ރޭޓުތައް ވެސް 1.50 ރުފިޔާއަށް ދަށްކުރާނެއެވެ.

Advertisement
Advertisement

އަދި 401-500 ޔުނިޓުގެ ބޭންޑަށް މިހާރު ނަގާ 2.95 ރުފިޔާގެ ރޭޓު 2.66 ރުފިޔާއަށް، 501-600 ޔުނިޓުގެ ބޭންޑަށް މިހާރު ނަގާ 3.55 ރުފިޔާގެ ރޭޓު 3.20 ރުފިޔާއަށް، އަދި 600 ޔުނިޓަށްވުރެ މަތީ ބޭންޑަށް މިހާރު ނަގާ 4.25 ރުފިޔާގެ ރޭޓު 3.83 ރުފިޔާއަށް ދަށްކުރާނެއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement