ހެޔޮ އަގުގައި ބޭސްވިއްކުމަށް ދެކޮޅުހަދާ ދެތިން ފާމަސީއެއް ފާހަގަކުރެވިފައިވޭ: އެންސްޕާ

ހެޔޮ އަގުގައި ބޭސްވިއްކުމަށް ދެކޮޅުހަދާ ދެތިން ފާމަސީއެއް ފާހަގަކުރެވިފައިވޭ: އެންސްޕާ

އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެ ޢަމަލުކުރަމުންދާކަމަށް

2 days ago - 16:09
Advertisement
Advertisement

ސަރުކާރުގެ އިގްތިޞާދީ އިސްލާހީ ފިޔަވަލުތަކުގެ ތެރެއިން ބޭހުގެ އަގު ހެޔޮކުރުމަށް ގެނެސްފައިވާ ބަދަލައް ބައެއް ފާމަސީތަކުން އަމަލު ކުރުމަށް ދެކޮޅު ހަދަމުންދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހިނާ ވަލީދު ވިދާޅުވީ ހެޔޮ އަގުގައި ބޭސް ގަތުމަށް ސަރުކާރުން ގެނެސްފައިވާ ބަދަލަށް އަމަލު ނުކުރާ ދެތިން ފާމަސީއެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެ އެއަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

އިޖުތިމާއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ސަރުކާރުން މައިގަނޑު 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަމުން އަންނަ ކަމަށެވެ.

Advertisement
Advertisement

"އަޅުގަނޑުމެނަށް އަދިވެސް ފާހަގަވަމުންދޭ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން އިއުތިރާޒްކުރަމުންދާތަން. އެހެންނަމަވެސް އާސަންދަ މެދުވެރިކޮށް މިބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީއަކުންވެސް ލިބެން ހުންނާނެކަން." ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 52 ހަފުތާ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ވިއްކާ ބޭހުގެ އަގު 15 ގުނަ ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިޖުތިމާއީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން އެންސްޕާގެ ސީ.އީ.އޯ ހީނާ ވިދާޅުވީ ރާއްޖޭގައި ބައެއް ފާމަސީތަކުން ވިއްކާ ބޭސް ވިއްކަމުން އަންނަނީ 300 އިންސައްތަ އާއި 400 އިންސައްތައިގެ ބޮޑު ފައިދާއެއް ހިމަނައިގެންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ބޭސްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބޭހުގެ ޚައްސަ ލިސްޓެއް އޮންނައިރު، އެލިސްޓުގައި ހިމެނޭ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ގެނައުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މިގޮތުން މިމަސައްކަތްކުރަމުންދަނީ ޔޫއެންޑީޕީއާއި ގުޅިގެންނެވެ.

އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާތަނަށް 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަންވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement