އަސްކޮއިގެ މައްސަލަ މިނިސްޓްރީން ބަލަނީ, ހަރުކަށި ފިޔަވަޅު އަޅާނަން- މިނިސްޓަރ
އުމްރާއަށް ފުރަންގޮސް ތިބި ބަޔަކު އެއަޕޯރޓްގައި

އަސްކޮއިގެ މައްސަލަ މިނިސްޓްރީން ބަލަނީ, ހަރުކަށި ފިޔަވަޅު އަޅާނަން- މިނިސްޓަރ

މައްސަލަ ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވި

6 hours ago - 13:14
Mar 13, 2025 - 13:14
Advertisement
Advertisement

އަސްކޮއި ޖަމާޢާތުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މީޑިޔާތަކަށް ވިދާޅުވީ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދމައްސަލަ ބަލަމުން ދާކަމަށެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން  މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަހަރު އަސްކޮއި ޖަމާއަތުގެ މައްސަލައަށް ފެންމަތިވެފައި ވަނީ މިރަމަޟާން މަހުގެ ފަހު ދިހައެއްގައި އުމްރާއަށް ގެންދާނެ ކަމަށް ބުނެ, ފައިސާ ނެގުމަށްފަހު ފަހުވަގުތު އެއާއިލާ މިރަމަޟާންމަހު ގެންދެވެން ނެތްކަމަށް އެންގި މައްސަލައެއް ސަމާލުކަމަށް ގެނައުމުންނެވެ. އެމައްސަލަ ސަމާލުކަމަށް ގެނައީ އެކަން ކުރިމަތިވި އާއިލާއިންނެވެ. ފަހުވަގުތު ދިމާވި ކަމެއްގެ ސަބަބުން މިރަމަޟާންމަހު އުމްރާއަށް ގެންދެވެން ނެތްކަން މަޢާފަށް އެދުމާއެކު އެންގުމުގެ އިތުރަށް, ވަގުތުން ވަގުތަށް ފައިސާވެސް ދެވެން ނެތްކަނަށް އެގްރޫޕުން އެންގި ކަމަށް އެކަން ކުރިމަތިވި އާއިލާއިން ބުނެފައިވެއެވެ.

މިނިސްޓްރީއަށް މައްސަލަ ހުށަހެޅީވެސް އެއާއިލާއިންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement