
ފަހުދިހައެއްގައި އިޢުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސައިފި
ރަމަޟާންމަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި އިއުތިކާފަށް ތިބުމަށް 23 މިސްކިތެއް ހަމަޖައްސައި އެކަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރައްވައިފިއެވެ.
މިގޮތުން މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތަކަކީ:
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
- މަސްޖިދުލްފުރްޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
ހުޅުމާލޭގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) - ހުޅުމާލެ ފޭސް 1
- މަސްޖިދު ރަޝީދު - ހުޅުމާލެ ފޭސް 1
- މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ ފޭސް 1
- މަސްޖިދުލްއަޞްދިޤާ - ހުޅުމާލެ ފޭސް 1
- މަސްޖިދު މުޙައްމަދު - ހުޅުމާލެ ފޭސް 1
- މަސްޖިދު ޙަސަން ޢާދަމް - ހުޅުމާލެ ފޭސް 2
- މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ ފޭސް 2
ވިލިމާލޭގައި އިޢުތިކާފަށް ތިބުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި ވަނީ މަސްޖިދުލްބިއްރި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ފަހުދިހާގައި ދަމުނަމާދުކުރާނެ މިސްކިތްތަކުގެ ނަންތައްވެސް މިއަދު އިއުލާނު ކުރައްވާފައެވެ. އެގޮތުން މާލޭގެ 21 މިސްކިތެއްގައާއި، ވިލިމާލޭގެ 3 މިސްކިތެއްގަ އާއި އަދި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދުކުރުން ކުރިއަށްގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ފަހު ދިހައަކީ މުސްލިމުން އަޅުކަމައިގެން ގިނަ ވަގުތު މިސްކިތްތަކުގައި ވަގުތު ހޭދަކުރާ ދުވަސްތަކަކަށް ވާއިރު، މިދިޔައަހަރުން ފެށިގެން މިދުވަސްތައް ވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ.
ރިއެކްޝަންސް






