
ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
އެކްސް މެދުވެރިކޮށް ކަސްޓަމުން ވިދާޅުވީ މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް މިއަދު ފަތިހު، އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށާއި، އޭގެ މަގުމަތީ އަގު، ގާތްގަނޑަކަށް 6.7 ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެ މަސްތުވާތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމަސްއިން ވިދާޅުވިއެވެ.
ރިއެކްޝަންސް






