ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއާށް ތާވަލުކޮށްފި
ހޯމް މިނިސްޓަރު އަލީ އިހުސާން / ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއާށް ތާވަލުކޮށްފި

ޖަވާބުދާރީވާން މިނިސްޓަރު އިހްސާނަށް 1 ގަޑިއިރު ލިބޭނެ

1 year ago - 22:01
Feb 24, 2025 - 22:05
Advertisement
Advertisement

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.

މައްސަލައިގައި އިހުސާންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ. އަދި މިނިސްޓަރެއްގެ ހައިސިއްޔަތުން ކޮށްގެން ނުވާނެ ކަންތައްތަކެއް ކުރި ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ މި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކުރުމަށް އޭސީސީ އާއި ޕޮލިސް ސަރވިސްއަށް ހުށަހަޅާފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައިވެސް މި މައްސަލަތައް ބަލައިދިނުމަށް އެދިފައި ވެއެވެ.

Advertisement
Advertisement

މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން މިނިސްޓަރު އިހުސާނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެއެވެ. މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މި މައްސަލައަށް ޖަވާބުދާރީވުމަށް އިހުސާނަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ނިންމާފައެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement